މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކަށް ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސްގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

މަޤާމް:

ސީނިއަރ މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

ޕްރޮކިއުމަންޓް ސެކްޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ބިޒްނަސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު ގުޅުންހުރި ދާއިރާގައި މަދުވެގެން 6 (ހައެއް) އަހަރު ދުވަހު މަސައްކަތްކޮށްފައިވުން، އަދި ހިންގުމުގެ ދާއިރާ ނުވަތަ މެނޭޖްމަންޓް ރޯލެއްގައި 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ؛
  • ބިޒްނަސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމާއެކު ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 8 (އަށެއް) އަހަރު ދުވަހު މަސައްކަތްކޮށްފައިވުން، އަދި ހިންގުމުގެ ދާއިރާ ނުވަތަ މެނޭޖްމަންޓް ރޯލެއްގައި 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ޕްރޮކިއުމަންޓް ސެކްޝަން ސުޕަރވައިޒްކުރުމާއި މެނޭޖްމަންޓަށް ބޭނުންވާ ރިޕޯޓުތައް ތައްޔާރުކުރުން.
  • ރިކުއިޒިޝަންތައް ރިވިއުކުރުމާއި ޕާޗޭސް އޯޑަރުތައް އެޕްރޫވްކުރުން.
  • ބިޑު، ޓެންޑަރ އަދި ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް، ސަޕްލަޔަރ ސިލެކްޝަން ޕްރޮސެސް މޮނިޓަރކުރުމާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ވެސް ހިމެނޭ ގޮތަށް ސަޕްލަޔަރުންގެ ނެޓްވޯރކް ޑިވެލޮޕްކުރުން.
  • އާރް.އެފް.ޕީ ޑްރާފްޓްކުރުމުގެ މަރުޙަލާ އޯވަރސީކުރުމާއި، ކޮންޓްރެކްޓްތަކުގެ ޑެލިވަރީ، ވޮރަންޓީ، އަދި އިންޝުއަރެންސްގެ ކަންކަން މޮނިޓަރކުރުން.
  • ޕްރޮކިއުމަންޓް ސްޓްރެޓެޖީތައް ތަރައްޤީކޮށް ތަންފީޒުކުރުމާ، މުވައްޒަފުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން، އަދި ޕްރޮކިއުމަންޓާއި ބިޑް ކޮމިޓީގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން.

މުސާރަޔާއި އިނާޔަތްތައް

26,000.00 – 34,200.00 ރުފިޔާ

 

މަޤާމް:

އެސިސްޓެންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

އިންޓަރނަލް އޮޑިޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ކޮމްޕިއުޓަރ ސައިންސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި، މަތީގައި ބަޔާންކޮށްފައިވާ ފާހުގެ އިތުރަށް ތިރީގައި މިވާ ދައިރާތަކުން ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ

- ޖީސީއީ އޭލެވެލް އިމްތިޙާނުގެ އެކައުންޓިން މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން

- ޑޭޓާ ސައިންސް ނުވަތަ ޑޭޓާ އެނަލިޓިކްސް ދާއިރާއިން ސެޓްފިކޭޝަނެއް ހާސިލް ކޮށްފައިވުން

- އައިޓީ އޮޑިޓް ދާއިރާއިން ސެޓްފިކޭޝަނެއް (މިސާލަކަށް ސެޓްފައިޑް އިންފޮރމޭޝަން ސިސްޓަމްސް އޮޑިޓަރ) ހާސިލް ކޮށްފައިވުން

-  އައިޓީ އޮޑިޓް ނުވަތަ އައިޓީ ދާއިރާއިން މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަންދެވޭނެ.

  • މި ވަޒީފާއަށް ހޮވޭ ފަރާތަށް އެކައުންޓިން ދައިރާގެ ސެޓްފިކެޓެއް ލިބިފައިނުވާނަމަ، ވަޒީފާ އަދާކުރަންފަށާތާ 1 އަހަރު ދުވަސް ތެރޭގައި އޮތޯރިޓީންއިން ހަމަޖައްސައިދޭ އެކައުންޓިންގެ އަސާސީ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވާންޖެހޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

އައިޓީ އޮޑިޓްތައް ކުރުމާއި އެމްއެމްއޭގެ އައިޓީއާ ގުޅުންހުރި މަސައްކަތްތައް ހިނގަމުންދަނީ ކަނޑައަޅާފައިވާ މިންގަނޑުތަކާއި ކޮންޓްރޯލްސްތަކާ އެއްގޮތަށްތޯ ބަލައި އައިޓީ އޮޑިޓް  އެންގޭޖްމެންޓްތައް ހެދުމުގައި އެހީތެރިވުން.

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް ކައުންސެލް 

ސެކްޝަން/ޑިވިޜަން:

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖްރިބާ

  • ޤާނޫނީ ދާއިރާއިން ފުރަރަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލްކޮށްފައިވުން.
  • ދިވެހިރާއްޖޭގެ ބާ ކައުންސިލްގައި ރަޖިސްޓަރވެފައިވާ ފަރާތަކަށްވުން.
  • ޤާނޫނު / ގަވާއިދު ޑްރާފްޓްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ މަސައްކަތްތަކަށް ބޭނުންވާ ޤާނޫނުތަކާއި ގަވާއިދުތައް ޑްރާފްޓްކުރުމާއި، ތަރުޖަމާކުރުން.
  • ޤާނޫނީ ކަންކަމާގުޅޭ ގޮތުން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާއަށް ލަފާދިނުން.
  • ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ފަރާތުން ޤާއިމްކުރެވޭ ކޮންޓްރެކްޓް ތަކާއި މެމޮރޭންޑަމްތައް ޑްރާފްޓް ކުރުމާއި ރިވިއު ކުރުން.
  • ކޯޓުތަކާއި އާބިޓްރޭޝަންތަކުގައި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު ތަމްޞީލްކުރުމުގެ މަސައްކަތްކުރުން.
  • ޤާނޫނީ ދިރާސާތައްކޮށް ޕޭޕަރުތައް ތައްޔާރުކުމާއި، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓާ ގުޅުންހުރި ޤާނޫނުތަކާއި އުސޫލުތަކާއި ކޮމްޕްލަޔަންސް ވާޖިބުތަކާބެހޭގޮތުން މުވައްޒަފުންނަށާއި، ރިޕޯޓްކުރާ ފަރާތްތަކަށާއި ހިއްސާދާރުންނަށް ތަމްރީނު ދިނުން.
  • ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ލީގަލް، ޕޮލިސީ އެންޑް އިންޓަރނޭޝަލް ރިލޭޝަންސް ޑިވިޜަނާއި ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް

  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ޑިގްރީ ނުވަތަ މާރސްޓަރސް ސެޓްފިކެޓް ލިބިފައި ނުވާނަމަ، ޔުނިވަރސިޓީ/ކޮލެޖް އިން ދޫކޮށްފައިވާ ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ލިޔުން
  • ޑިގްރީ އަދި މާރސްޓަރސް ސެޓްފިކެޓް އެމްކިއުއޭއިން އެކްރިޑެޓްކޮށްފައި ނުވާނަމަ، އެމްކިއުއޭއިން ގަބޫލުކުރާ ޕްރޮގްރާމެއްކަން އަންގައިދޭ ލިޔުން
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއް އަދާކުރަށްވާފައިވާނަމަ ވަޒީފާ އަދާކުރައްވާފައިވާ ތަންތަނުގެ ރަސްމީ ލިޔުންތައް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުން

ސުންގަޑި

08 ޑިސެންބަރު 2025 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އަށް

ނޯޓް: ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ. އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް މި ޕޯޓަލްއިން ފެނިވަޑައިގަންނަވާނެއެވެ.

02 ޑިސެންބަރު 2025
ހޯދާ