ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އިދާރާއިން ހިންގާ ޕްރޮޖެކްޓްތަކަށް ބޭނުންވާ ކޮންސްޓްރަކްޝަން މެޓީރިއަލްސް ސަޕްލައިކޮށްދިނުން

އިޢުލާން

 

ކައުންސިލްގެ އިދާރާއިން ހިންގާ ޕްރޮޖެކްޓްތަކަށް ބޭނުންވާ ކޮންސްޓްރަކްޝަން މެޓީރިއަލްސް ސަޕްލައިކޮށްދިނުން

މި އިދާރާއިން ހިންގާ ޕްރޮޖެކްޓްތަކަށް ބޭނުންވާ ކޮންސްޓްރަކްޝަން މެޓީރިއަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 09 ނޮވެންބަރު 2025ގައި ކުރެވުނު މި އިދާރާގެ ނަންބަރު:(IUL)408-CA/408/2025/50 އިއުލާނަށް އިޖާބަދީ އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، މި ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޮވުމަށް ދެވަނަ ފަހަރަށް ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް އެދި ޝައުގުވެރިވާ ފަރާތްތަކުން މި އިއުލާނާ އެކުގައިވާ މައުލޫމާތު ކަރުދާހުގައިވާ މައުލޫމާތާ އެއްގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

 

ބީލަން ހުށަހެޅުމުގެ ސުންގަޑި

2025 ޑިސެންބަރު 9ވާ އަންގާރަ ދުވަހުގެ 13:00 ގައި

ބީލަން ހުޅުވުން

2025 ޑިސެންބަރު 9ވާ އަންގާރަ ދުވަހުގެ 13:05 ގައި

ގއ.މާމެންދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި

 

މިކަމަށް އެދި ބީލަން ހުށަހަޅުއްވަން ވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ބަންދުނުކޮށް ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. އަދި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބަދަލުގައި އެހެންފަރާތަކުން ބައިވެރިވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަންވެރިންގެ އެއްހާޒިރުގައެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

11 ޖުމާދަލްއާޚިރާ 1447

01 ޑިސެންބަރު  2025

01 ޑިސެންބަރު 2025
ހޯދާ