މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ފޭދޫ ބަނދަރުގައި ކެމެރާ ހަރުކުރުމަށް ބޭނުންވާ ތަކެތި ސަޕްލައިކުރުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް ށ.ފޭދޫ ބަނދަރުގައި ކެމެރާ ހަރުކުރުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. 

މި މަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖެ ވިޔަފާރީ ރަޖިސްޓްރީ ކުރުމުގެ ޤާނޫން (18/2024) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީ ރަޖިސްޓްރީ ކުރުމުގެ ޤާނޫން (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށްށާއި، ޖަމްޢިއްޔާތަކާބެހޭ ޤާނޫން (2003/1) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ޖަމާޢަތްތަކަށެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން  01 ޑިސެމްބަރ 2025ވަނަ ދުވަހުގެ 13:00 އިން ފެށިގެން 07 ޑިސެމްބަރ 2025 ވަނަ ދުވަހުގެ 14:00 އާއި ހަމަޔަށް މިއިދާރާގެ ކައުންޓަރަށް ނުވަތަ މިއިޢުލާނާއިއެކު އާންމު ކުރެވިފައިވާ މައިކުރޮސޮފްޓު ފޯމް މެދުވެރިކޮށް ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. 

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން 10 ޑިސެމްބަރ 2025 ވަނަ ދުވަހުގެ 11:00 ގައި މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބީލަން ފޮތުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    އީމެއިލް: [email protected]

  ބީލަން ރަޖިސްޓްރީ ކުރަން އެދޭ ފޯމް: https://forms.office.com/r/h4PTXq27uY

01 ޑިސެންބަރު 2025
ހޯދާ