ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށު މޮނިޓަރިންގ ކޮމެޓީ އެކުލަވާލުމާ ގުޅޭ

`

 

 (IUL)245-MIM/245/2025/123 : ނަންބަރު

ޢިޢުލާން

ރަށު މޮނިޓަރިންގ ކޮމެޓީ އެކުލަވާލުމާ ގުޅޭ

މި ރަށުގައި ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކޮށް، ދެފުށް ފެންނަ އަދި ޖަވާބުދާރީ ވެވޭނޭ އުޞޫލުން މަސައްކަތް ކުރިއަށް ގެންދިއުމަށް ރަށު ފެންވަރުގައި ޕްރޮޖެކްޓު މޮނިޓަރިންގ ކޮމިޓީއެއް އެކުލަވާލަން ބޭނުންވެއެވެ. މި ކޮމެޓީގައި މީހުން ހިމެނުމުގައި ރަށުގައި ކުރިޔަށްދާ މަޝްރޫޢުތަކުގައި ބަލަންޖެހޭ ކަންކަމާ ގުޅުންހުރި ދެ ޖިންސްގެ  ފަންނީ (ޓެކްނިކަލް) ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

1- ރަށުގެ ޢާންމުންގެ ތެރެއިން ކަނޑައަޅާ މެންބަރު

2- ރަށުގެ ކުލަބު ނުވަތަ ޖަމިއްޔާތަކުން ކަނޑައަޅާ މެންބަރު

3- އިސްރަށްވެހިންގެ ތެރެއިން ކަނޑައަޅާ މެންބަރު

4- ޒުވާނުންގެތެރެއިން ކަނޑައަޅާ މެންބަރު

5- މަޝްރޫޢުގެ ފަންނީ ކަންކަމަށް ޚާއްޞަކޮށް ކަނޑައަޅާ މެންބަރު

 

ވީމާ މި ދެންނެވި ދާއިރާތަކުން މި ކޮމެޓީގައި ހިމެނުމަށް ޝައުޤުވެރިވާ ދެ ޖިންސްގެ ފަރާތްތަކުން، ‏2025‏ ޑިސެމްބަރ‏ 07ވަނަ ދުވަހުގެ 10:00ގެ ކުރިން މި ކައުންސިލުގެ [email protected] އަށް އީމެއިލު ކުރެއްވުން އެދެމެވެ. ނުވަތަ ތިރީގައިވާ މައިކްރޯސޮފްޓް ފޯމުގެ ލިންކު ފުރުއްވުން އެދެމެވެ.

މައިކްރޯސޮފްޓް ފޯމުގެ ލިންކު:  https://forms.office.com/r/PzkESgX3Dr

މިކޮމިޓީއަކީ މުޖުތަމަޢުގެ ލާބަޔާއި މަންފާއަށްޓަކައި ހިލޭސާބަހަށް މަސައްކަތްކުރާ ކޮމިޓީއެކެވެ. މި އިޢުލާނާއެކު ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީ (ރަށު ކޮމިޓީ) ހިންގާ އުޞޫލު ހިމެނިފައި ވާނެއެވެ.

‏11‏ ޖުމާދަލްއާޚިރާ‏ 1447

‏01‏ ޑިސެމްބަރ‏ 2025

01 ޑިސެންބަރު 2025
ހޯދާ