ދިވެހިރާއްޖެ
ޤައުމީ ޔުނިވަރސިޓީގެ ކައުންސިލަށް މެންބަރެއް ޢައްޔަނުކުރުން
މި ޔުނިވަރސިޓީގެ ނަންބަރު:153-SE/IUL/2025/16 (16 ނޮވެންބަރު 2025) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ. މި އިޢުލާނުގެ ދަށުން ހުށަހަޅާފައިވާ ތިރީގައިވާ ދާއިރާތަކުން އެކަށީގެންވާ އަދަދަށް އެޕްލިކޭޝަންސް ލިބިފައިނުވާތީ، ޝަރުޠު ހަމަވާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. އަދި ކުރިން ކޮށްފައިވާނަންބަރު:153-SE/IUL/2025/16 (16 ނޮވެންބަރު 2025) އިޢުލާނަށް އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅުއްވަން ނުޖެހޭނެކަމުގައި ދަންނަވަމެވެ.
ދާއިރާތައް:
1. ދިވެހިބަހާއި ސަގާފަތާއި ތާރީޚް. 2. ސިއްޙަތު
ޝަރުޠުތައް:
- ޔުނިވަރސިޓީ ކައުންސިލާއި ކައުންސިލުގެ ސަބް ކޮމިޓީތަކަށް އެކަށީގެންވާ ވަގުތު ދެވޭނެ ފަރާތަކަށްވުން
- ވޮލަންޓަރީ މަސައްކަތުގެ ތަޖުރިބާ ހުރުން (އިސްކަންދެވޭނެ)
އިތުރު ޝަރުޠުތައް (ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ):
- ޢުމުރުން 18 އަހަރު ފުރިފައިވުން
- އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- މުސްލިމަކު ކަމުގައިވުމާއެކު، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން
- ޔުނިވަރސިޓީގެ ކައުންސިލްގެ މެންބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި، ލަޔާޤަތު އަދި މަސައްކަތުގެ އަޚްލާޤު ހުރި މީހަކު ކަމުގައިވުން
- ސިޔާސީ ޕާޓީއެއްގެ މަޤާމެއްގައި ހުރި މީހަކު ކަމުގައި ނުވުން
- އިފްލާސްކުރެވިފައިވާ މީހަކު ކަމުގައި ނުވުން
މެންބަރުކަމުގެ ޢިނާޔަތްތައް:
ކައުންސިލުގެ ކޮންމެ ޖަލްސާއަކަށް ހާޒިރުވުމުން -/1000 (އެއްހާސް) ރުފިޔާގެ ރަމްޒީ ޢިނާޔަތެއް ދެވޭނެއެވެ.
ޝައުގުވެރިކަން ހުށަހަޅާނެ ގޮތް:
ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސޮއިކޮށްފައިވާ ވަނަވަރު (ސީވީ)، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި މި އިޢުލާނާއެކު ހިމެނިފައިވާ އިޤްރާރު ފޯމު ފުރިހަމަކުރުމަށްފަހު، 07 ޑިސެންބަރު 2025 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3345125 އަށް ގުޅުއްވުން އެދެމެވެ. ސުންގަޑިއަށްފަހު ހުށަހަޅާ ލިޔެކިޔުންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ނޯޓް:
ޔުނިވަރސިޓީއިން ބޭރުގެ 8 މެންބަރުން ޢައްޔަނުކުރަނީ މަތީ ތަޢުލީމަށް ޒިންމާވާ ވަޒީރެވެ. މެންބަރުން ޢައްޔަނުކުރަނީ، ޔުނިވަރސިޓީ ކައުންސިލްގެ ނޮމިނޭޝަން ކޮމިޓީއިން އެކުލަވާލާ ލިސްޓެއްގެ ތެރެއިންނެވެ.
01 ޑިސެންބަރު 2025
