މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ތިރީގައި މި ދަންނަވާ މަޤާމަށް ޚިދުމަތް ކުރުމަށް ހުނަރުވެރި، ޤާބިލު އަދި އިޚްލާސްތެރިކަމާއި ތެދުވެރިކަމާއިއެކު ކުރިއަށް ދިޔުމަށް ޝައުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާއަކީ ދެ ޖިންސުގެ މީހުންނަށްވެސް ހަމަހަމަ ފުރުސަތު އޮތް ވަޒީފާއެކެވެ.

 


މަޤާމު:

ހިއުމަން ރިސޯސަސް ލީޑް

ސެކްޝަން / ޑިވިޜަން

ކޯޕޮރޭޓް ސާވިސަސް ޑިވިޝަން، ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ހިއުމަން ރިސޯސަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ނުވަތަ ގުޅުންހުރި ދާއިރާއަކުން މަސްޓަރސް ޑިގްރީ ހާސިލު ކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއެއް ގައި މަދުވެގެން 3 އަހަރުގެ ތަޖުރިބާ ލިބިފައިވުމާއެކު، މަދުވެގެން 1 އަހަރު މެނޭޖްމަންޓް ރޯލެއްގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ހިއުމަން ރިސޯސަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ނުވަތަ ގުޅުންހުރި ދާއިރާއަކުން ބެޗެލާޒް ޑިގްރީ ހާސިލު ކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއެއް ގައި މަދުވެގެން 5 އަހަރުގެ ތަޖުރިބާ ލިބިފައިވުމާއެކު، މަދުވެގެން 2 އަހަރު މެނޭޖްމަންޓް ރޯލެއްގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ކޯޕޮރޭޓް ސާވިސަސް ޑިވިޝަން ހިންގުމާއި ހަވާލުވެ ހުންނަވާ ފަރާތާއި ގުޅިގެން  ކުންފުނީގެ ހިއުމަން ރިސޯސަސް ސްޓްރެޓަޖީ އެކުލަވާލުމާއި އިމްޕްލިމެންޓް ކުރުމުގެ އެންމެހާ ކަންކަން ކުރުމާއި ބެލެހެއްޓުން.
  • ކުންފުނީގެ ހިއުމަން ރިސޯސަސް ޕޮލިސީ ތަކާއި ގައިޑްލައިންތައް، ޤާނޫނީ އޮނިގަނޑުތަކާއި ކުންފުނީގެ ސްޓްރެޓަޖީ އާއި އެއްގޮތްވާގޮތަށް އެކުލަވާލުމުގެ މަސައްކަތްތައް ކޯޕޮރޭޓް ސާވިސަސް އަދި ލީގަލް، ރިސްކް އެންޑް ކޮމްޕްލަޔަންސް ޑިވިޝަން ހިންގުމާއި ހަވާލުވެ ހުންނަވާ ފަރާތާއި ގުޅިގެން ކުރުން. އަދި ޕޮލިސީތަކާއި ގައިޑްލައިންތަކަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކޮށް މެނޭޖްމަންޓަށް ލަފާ ދިނުން.
  • ކުންފުނީގެ ކޮމްޕެންސޭޝަން އެންޑް ބެނެފިޓްސް ސްޓްރެޓަޖީ އިންޕްލިމެންޓް ކުރުމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  • ކުންފުނީގެ ރެކްރޫޓްމަންޓް ޕްރޮސެސް ވިލަރެސް ކުރުމާއި، ކުންފުނީގެ ބޭނުންތަކާއި އެއްގޮތަށް މުވައްޒަފުން ރެކްރޫޓް ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ކުންފުނީގެ ރެކްރޫޓްމަންޓް، ކޮމްޕެންސޭޝަން އަދި މުވައްޒަފުންނާއި ގުޅުންހުރި އެހެނިހެން ކަންކަމާޢި ގުޅިގެން ކުރެވޭ އިންޓާނަލް ރިވިއުތަކާއި، އޮޑިޓްގެ ކަންކަމާއި އަދި މެނޭޖްމަންޓަށް ހުށަހަޅަންޖެހޭ ކަންކަމާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން.

މުސާރައާއި އިނާޔަތްތައް

28،500 – 32،200 ރުފިޔާ (މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ތަޖުރިބާއަށް ބެލެވޭނެ)

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ޑިގްރީ ނުވަތަ މާސްޓަރސް ސެޓްފިކެޓް ލިބިފައިނުވާނަމަ، ޔުނިވާރސިޓީ/ކޮލެޖް އިން ދޫކޮށްފައިވާ ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ލިޔުން.
  • ޑިގްރީ އަދި މާސްޓަރސް ސެޓްފިކެޓް އެމްކިއުއޭއިން އެކްރެޑިޓްކޮށްފައި ނުވާނަމަ އެމްކިއުއޭއިން ގަބޫލުކުރާ ޕްރޮގްރާމެއްކަން އަންގައިދޭ ލިޔުން.
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއް އަދާކުރަށްވާފައިވާނަމަ ވަޒީފާ އަދާކުރައްވާފައިވާ ތަނުގެ ރަސްމީ ލިޔުންތައް
  • ދައުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެ ކަމުގެ ލިޔުން.

ސުންގަޑި

11 ޑިސެމްބަރ 2025 ވަނަ ދުވަހުގެ މެންދުރުފަހު 15:00 އަށް

 

ވަޒީފާއަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް: [email protected]  އަށެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންވާނަމަ އީމެއިލްގެ އިތުރުން ނަންބަރު 3012187 ފޯނާއި ގުޅުއްވައިގެން މައުލޫމާތު ސާފު ކުރެއްވޭނެއެވެ.

30 ނޮވެންބަރު 2025
ހޯދާ