މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ސައުތުއަރި މެރިން ޕްރޮޓެކްޓަޑް އޭރިއާ (ސަމްޕާ) ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމާއި ބެހޭ އެޑްވައިސަރީ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން

ސައުތުއަރި މެރިން ޕްރޮޓެކްޓަޑް އޭރިއާ (ސަމްޕާ) ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމާއި ބެހޭ އެޑްވައިސަރީ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން

 

ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ) އަކީ، ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން، 5  ޖޫން 2009 ގައި، އިޢުލާނު ނަންބަރު  138EE/2009/19 އާ ހަވާލާދީ ޙިމާޔަތްކޮށްފައިވާ 'އަރި އަތޮޅު ދެކުނުބުރީގެ ރަންގަލީ ފަރުގެ ހުޅަނގު އުތުރު ކަނުން ފެށިގެން ދިގުރަށުގެ ފަރުގެ އުތުރު ކަނާ ދޭތެރޭގައިވާ ރަށްތަކުގެ ފަރުގެ ބޭރު ތޮށިން ފެށިގެން 1 ކިލޯމީޓަރު'ގެ ސަރަހައްދެކެވެ. ޤުދުރަތީ ވަސީލަތްތަކާއި ދިރުންތަކުގެ މުއްސަނދި ކަމުގެ ސަބަބުން މި ސަރަހައްދަކީ ދުނިޔޭގެ ފެންވަރުގައި މުޅި އަހަރުތެރޭގައި ފެހުރިހި ފެންނަ ކަމަށް ފާހަގަ ކޮށްލެވޭ ސަރަހައްދެކެވެ. އަދި މިސަރަހައްދު 'ސައުތުއަރި މެރިން ޕްރޮޓެކްޓަޑް އޭރިއާ (ސަމްޕާ)' ކަމުގައި ހަމަޖައްސައި ޢާންމުކޮށް އަންގާ އިޢުލާން ކޮށްފައިވަނީ އިޢުލާނު ނަންބަރު438ENV/438/2025/16 :(IUL) އާ ހަވާލާދީ 01 ފެބްރުއަރީ 2025 އިން ފެށިގެންނެވެ.

 

ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ) ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމަށް އެޑްވައިސަރީ ކޮމިޓީގައި ހިމެނޭ މެންބަރުންގެ ގޮތުގައި ތިރީގައިވާ ދާއިރާގެ ތެރެއިން މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

މަޤާމް:

ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ) ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމާއި ބެހޭ އެޑްވައިސަރީ ކޮމިޓީގެ މެންބަރު

މެންބަރުން ބޭނުންވާ ޢަދަދު:

އެކެއް (01)

  1. ރިސޯޓްތަކުގެ ރެޕްރެސެންޓޭޓިވް 1 (އެކެއް)

އަސާސީ ޝަރުތުތައް:

1)    ރިސޯޓް ތަމްސީލުކުރާ ފަރާތްތަކުގައި، ތިރީގައިވާ ޝަރުތުތައް ފުރިހަމަ ވާންވާނެއެވެ.

  • ތަމްސީލްކުރާ ވިޔަފާރި އަކީ މިނިސްޓްރީ އޮފް އިކްނޮމިކް ޑިވަލޮޕްމަންޓް ގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިއެއްކަމުގައިވުން
  • ތަމްސީލްކުރާ ވިޔަފާރި އަކީ އަރިއަތޮޅުގައި ހަރަކާތްތެރިވާ ވިޔަފާރިއެއްކަމުގައިވުން
  • ކުރިމަތިލާ މެންބަރަކީ ތަމްސީލް ކުރާ ދާއިރާގެ އެންމެހާ ފަރާތްތައް ތަމްސީލު ކުރާގޮތަށް، އެފަރާތްތަކާއިއެކު މަޝްވަރާކޮށްގެން ކޮމިޓީއަށް ޚިޔާލު ހުށަހަޅާ ފަރާތެއްކަމުގައިވުން
  • ކުރިމަތިލާ މެންބަރަކީ ދިވެހި ރައްޔިތެއް ކަމުގައިވުން

ކޮމިޓީގެ މަސްއޫލިއްޔަތުތައް:

(1)  ހިމާޔަތްކޮށްފައިވާ ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ) ސަރަހައްދު ބެލެހެއްޓުމާއި ބެހޭ ކަންކަމުގައި ލަފާދިނުން

(2)  ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ) ސަރަހައްދު ބެލެހެއްޓުމުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ލަފާދިނުން

(3)  ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ) ސަރަހައްދުގައި ބާއްވާ ޚާއްޞަ އިވެންޓްތަކުގެ ކަންކަމުގައި ލަފާދިނުން

(4)  ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ) ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން ފީއެއް ނަގާނަމަ އެކަމަށް ލަފާ ދިނުން

އުޖޫރަ:

މި މަސައްކަތަކީ އުޖޫރައެއް ކަނޑައެޅިފައިވާ މަސައްކަތެއް ނޫނެވެ.

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

  1. ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ) ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމާއި ބެހޭ އެޑްވައިސަރީ ކޮމިޓީގެ މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީ؛
  2. މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު؛
  3. މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ؛
  4. މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތުގެ ތައުލީމީ ސެޓްފިކެޓް؛
  5. މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތުގެ ތަޖުރިބާގެ ލިއެކިޔުން؛
  6. މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތް ނިސްބަތްވާ ޖަމިއްޔާ/ ޖަމާއަތް/ ވިޔަފާރީގެ ރަޖިސްޓަރީ؛
  7. މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތް ނިސްބަތްވާ ޖަމިއްޔާ/ ޖަމާއަތް/ވިޔަފާރީގެ ޕޯޓްފޯލިއޯ؛
  8. މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތް ނިސްބަތްވާ ޖަމިއްޔާ/ ޖަމާއަތުން/ ވިޔަފާރީން ހިންގާފައިވާ ޕްރޮޖެކްޓްތަކުގެ ތަފްސީލު.

މެންބަރުން ހޮވުމުގެ އިވެލުއޭޝަން ކްރައިޓީރިއާ

އެކަކަށް ވުރެގިނަ ފަރާތުން އެއް ދާއިރާއަކަށް ކުރިމަތިލައިފިނަމަ، މެންބަރުން ހޮވޭނީ ކުރިމަތިލާ ފަރާތްތްކުގެ ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށް ފަހުގައެވެ.

  1. ތަޢުލީމީ ފެންވަރު: އޯލެވެލް އަށް 10 މާކްސް، އޭލެވެލް/ޑިޕްލޯމާ 20 މާކްސް އަދި ޑިގްރީ  30 މާކްސް. (މާކުސް ދެވޭނީ އެންމެ މަތީ ތައުލީމީ ފެންވަރަށެވެ)
  2. ތަޖުރިބާ: ކުރިމަތިލާ ފަރާތުން، ކުރިމަތިލާ ދާއިރާއާއި ގުޅޭ ގޮތުން އަމިއްލައަށް މަސައްކަތް ކޮށްފައިވާ ކޮންމެ އަހަރަކަށް 1 މާކުސް، ގިނަވެގެން 20 މާކުސް.
  3. ހުށައަޅާ ޖަމިއްޔާއިން/ ވިޔަފާރީން ހިންގާފައިވާ ދާއިރާއާއި ގުޅުން ހުރި ކޮންމެ ޕްރޮޖެކްޓަކަށް 10 މާކުސް، ގިނަވެގެން 20 މާކުސް.

ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  07 ޑިސެންބަރު 2025 ވާ އާދީއްތަ ދުވަހުގެ  14:00ގެ ކުރިން، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ އީ-މެއިލް [email protected] އަށެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތުން ތަމްސީލުކުރާނީ އެ ފަރާތެއް ނިސްބަތްވާ ޖަމިއްޔާ ނުވަތަ ތަމްސީލްކުރާ ވިޔަފާރިއެވެ. އަދި ހޮވޭ މެންބަރު މި ކޮމިޓީއިން ވަކިވެއްޖެނަމަ ނުވަތަ އެ މެންބަރު ތަމްސީލުކުރާ ޖަމިއްޔާއިން ނުވަތަ ވިޔަފާރިން ވަކިވެއްޖެނަމަ، އެ ދާއިރާއިން އެހެން މެންބަރެއް ހޮވުމަށް އަލުން އިއުލާންކުރެވޭނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް މެއިލް ކުރާނީ [email protected] އަށެވެ.

30 ނޮވެންބަރު 2025
ހޯދާ