|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޑިއުޓީ ތާވަލުގައިވާގޮތުގެމަތިން އޮފީސް ހުޅުވައި ލެއްޕުން.
- ޑިއުޓީ ތާވަލުގައިވާގޮތުގެމަތިން ފެކަލްޓީގެ ރިސެޕްޝަން ބެލެހެއްޓުމާއި، އޮފީހަށް އަންނަ ސިޓީތަކާއި އެހެނިހެން ތަކެތި ބަލައިގަތުމާއި ފޮނުވުން.
- ޑިއުޓީ ތާވަލުގައިވާގޮތުގެމަތިން ރިސެޕްޝަން ބެލެހެއްޓުމާއި، ހަވާލުވެ ހުންނަ ވަގުތު ރިސެޕްޝަނަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބު ދިނުމާއި، ވަޑައިގަންނަވާ ބޭފުޅުންނަށް މަޢުލޫމާތު ފޯރުކޮށްދިނުން.
- ޑިއުޓީ ތާވަލުގައިވާގޮތުގެމަތިން ރިސެޕްޝަން ބެލެހެއްޓުމާއި، ހަވާލުވެ ހުންނަ ވަގުތު ދަރިވަރުން ގެންނަ އެސައިންމެންޓްތައް ބަލައިގަނެ، ލިސްޓްތައް ތައްޔާރުކޮށް، ލެކްޗަރަރއިންނާ ހަވާލުކުރުން.
- ޑީންގެ ބެލުމުގެދަށުން ކުރެވޭ އިދާރީ މަސައްކަތްތައް ކުރުން.
- ޑީން ބައިވެރިވެވަޑައިގަންނަވާ މީޓީންގތަކުގެ އިދާރީ މަސައްކަތް ބެލެހެއްޓުން.
- މެނޭޖްމަންޓް ކޮމިޓީ މީޓިންގ، މާއިރާ ބައްދަލުވުން، ސްޓާފް މީޓިންގ އަދި އެކަޑަމިކް ރިވިއު ކޮމިޓީގެ ބައްދަލުވުން ބާއްވާނެ ތާރީޚެއް ޑީން ވިދާޅުވުމުން، ބައްދަލުވުމަށް ކޮމިޓީގެ މެންބަރުންނަށް އެންގުމާއެކު، ބައްދަލުވުމުގެ އެޖެންޑާ ތައްޔާރުކުރުން.
- އޮފީހުން ހަމަޖައްސާގޮތެއްގެމަތިން އިތުރުގަޑީގެ ޑިއުޓީއަށް ނިކުތުން.
- ފެކަލްޓީގެ މީޓިންގތައް ކަނޑައެޅިފައިވާ ދުވަސްތަކުގައި، މީޓިންގތަކަށް ހާޒިރުވުން.
- މަތީގައިވާ ކަންތައްތަކުގެ އިތުރުން، ފެކަލްޓީގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ ކަންތައްތައް ކުރުން.
|
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
- އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ އިންޓަވިޔުކޮށް ނިމުމަށްފަހުގައެވެ.
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓެއް ވަޒީފާއަދާކުރާނީ، ވަގުތީ ކޮންޓްރެކްޓެއްގެދަށުން ވަޒީފާ ދެއްވާ ދުވަހުން ފެށިގެން 8 މަސްދުވަހުގެ މުއްދަތަށެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
- މި މަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތްކުރަން ޖެހޭނީ، މެންދުރުފަހު 15:00 އާއި 22:00 އާ ދެމެދުގެ ގަޑިތަކެއްގައެވެ.
|
|
ސިޓީ ފޮނުވަންވީ ތާރީޚު:
|
2015 ނޮވެންބަރު 16 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.
|
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345409 ނަންބަރު ފޯނާއެވެ.
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
|
|
27 މުޙައްރަމް 1437
|