ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކޯއޮޕަރޭޓިވް އެޑިއުކޭޝަން (ބިނާވެހި) ޕްރޮގްރާމަށް ފުރުޞަތު ހުޅުވައިލުން

 

ކޯއޮޕަރޭޓިވް އެޑިއުކޭޝަން(ބިނާވެހި) ޕްރޮގްރާމަށް ފުރުޞަތު ހުޅުވައިލުން

 

ކޯއޮޕަރޭޓިވް އެޑިއުކޭޝަން (ބިނާވެހި) ޕްރޮގްރާމްގެ ދަށުން މި ކޯޕަރޭޝަންގެ ތިރީގައިމިވާ ދާއިރާއައް ބައިވެރިން ބޭނުންވެއްޖެއެވެ.

 މަޤާމް:

 އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރ (ޓްރެއިނީ)

 ބޭނުންވާ އަދަދު:

 04 (ހަތަރެއް)

 މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް (06 މަސް)

 އަސާސީ މުސާރަ:

 މަހަކު  5,000.00 ރުފިޔާ

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ   އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

 ފެންވަރު ނުވަތަ ޝަރުތު:

 - އޯ ލެވެލް ނިންމާފައިވުން ނުވަތަ މަޤާމުގެ މަސައްކަތާ ގުޅުންހުރި ތައުލީމީ ރޮންގަކުން ލެވެލް   2 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

 ވަޒިފާގައި ކުރަންޖެހޭ   މައިގަނޑު މަސައްކަތްތައް:

 - ވަޒީފާ ދިނުމާއި/ ބަދަލުކުރުމާއި/ ވަކި ކުރުމުގެ މަސައްކަތްތައް ކޯޕަރޭޝަންގެ ޤަވާއިދުތަކާ   އެއްގޮތްވާ ގޮތުގެމަތިން ކުރުން.

 - މުވައްޒަފުން ހޮވުމަށް ކުރަންޖެހޭ އިޢުލާންތައް ކުރުމާއި، އިންޓަވިއު ކުރުން.

 - ވަޒީފާ ދޭ މުވައްޒަފުންނާއި ވަކިކުރާ މުވައްޒަފުންގެ މަޢުލޫމާތު އެޗް.އާރު ސިސްޓަމަށް އެޅުން.

 - ވަޒީފާގެ ބަޔާން ތައްޔާރުކޮށް، ކަމާބެހޭ މުވައްޒަފުން ލައްވައި ސޮއިކުރުވައި ވަޒީފާގެ ޗިޓްތައް   ކަމާބެހޭ ފަރާތްތަކާއި ޙަވާލުކޮށް އެ ލިޔުންތައް ފައިލުކޮށް ބަލަހައްޓަމުންދޭތޯ ވިލަރެސްކުރުމާއެކު   އެހީތެރިކަން ދިނުން.

 - މުވައްޒަފުންގެ ޕާރސަނަލް ފައިލްތައް ހަދައި، އަޕްޑޭޓްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

 - ކޯޕަރޭޝަންގެ ބިދޭސީ މުވައްޒަފުންނާއި ގުޅުންހުރި އެޗް.އާރު މަސައްކަތްކުރުން.

 - ބިދޭސީ މުވައްޒަފުންގެ ވިސާ އަދި ވާރކް ޕާމިޓްއާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ   މަސައްކަތްތައް ކުރުން.

 - މުވައްޒަފުންގެ އިވަލުއޭޝަނާއި ބެހޭ އެންމެހާ ކަންތައްތަކުގައި އެހީތެރިވެދިނުން.

 - މުވައްޒަފުންގެ މުސާރަ ހެދުމާއި މުސާރައާ ގުޅޭ ރިޕޯޓްތައް ތައްޔާރު ކުރުން.

 - މަސައްކަތުގެ ދާއިރާގައި ޙަވާލުކުރެވޭ އެހެނިހެން ކަންކަން ބެލެހެއްޓުން

 ސުންގަޑި:

 - މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 01 ޑިސެމްބަރ   2025  ވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން   ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ

 ވަޒީފާއަށް އެދޭ ފޯމު މިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ  (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ.

 - މި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް   ކަނޑައަޅައިފިނަމަ އެކަނޑައަޅާ   ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  6. ޕޮލިސް ރިފޯޓް. (މުއްދަތު ހަމަނުވާ)

 

 ނޯޓް:  މި އިޢުލާނާ ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް   ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf)  ފޯމެޓްގައި އެކަނި ކަމުގައި   ދެންނެވީމެވެ. އަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ   ޕީ.ޑީ.އެފް (pdf)  ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު   ޖެހުމަށް ދަންނަވަމެވެ.

 އިންޓަވިއު:

 - އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ   ފަރާތްތަކަށް އެކަންޏެވެ.

 - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ   ފޯމުތައް ބާޠިލްކުރެވޭނެއެވެ.

 - މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ޑިސެމްބަރ މަހުގެ ތާރީޚެއްގައެވެ.

 އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

27 ނޮވެންބަރު 2025
ހޯދާ