ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (މެނޭޖަރ – ބިޒްނަސް ރީސާޗް)

 

ވަޒީފާގެ ފުރުޞަތު (މެނޭޖަރ – ބިޒްނަސް ރީސާޗް)

މިކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 މަޤާމް:

 މެނޭޖަރ – ބިޒްނަސް ރީސާޗް

 ބޭނުންވާ އަދަދު:

 01 (އެކެއް)

 މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

 ކްލެސިފިކޭޝަން / ރޭންކް:

 މެނޭޖަރ  - ގްރޭޑް 1

 އަސާސީ މުސާރަ:

 މަހަކު -/12,500 ރުފިޔާ

 އެހެނިހެން ޢިނާޔަތްތައް

 - ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

 - ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %25

 - ލިވިންގ އެލަވަންސް: އަސާސީ މުސާރައިގެ

 - ފޯން އެލަވަންސް: 450.00 ރުފިޔާ

 - އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ   ދެވޭނެއެވެ.

 - މީގެ އިތުރުން ޕްރޮފެޝަނަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35   އިންސައްތަ،  މަޤާމާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް   5 އިން މަތީ ސަނަދެއް ޙާޞިލްކޮށްފައިވާނަމަ ދެވޭނެއެވެ.

 - އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ   ދެވޭނެއެވެ.

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ   އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

 ފެންވަރު ނުވަތަ ޝަރުތު:

 - މަޤާމުގެ މަސައްކަތާ ގުޅުންހުރި ތަޢުލީމީ ރޮނގަކުން މާސްޓާރސް ޑިގްރީއެއް   ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާގުޅުންހުރި ދާއިރާއަކުން މަދުވެގެން 01 އަހަރުދުވަހުގެ   މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ،

 - މަޤާމުގެ މަސައްކަތާ ގުޅުންހުރި ތަޢުލީމީ ރޮނގަކުން ބެޗްލަރސް ޑިގްރީއެއް   ޙާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާގުޅުންހުރި ދާއިރާއަކުން މަދުވެގެން 03 އަހަރުދުވަހުގެ   މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 ވަޒިފާގައި ކުރަންޖެހޭ   މައިގަނޑު މަސައްކަތްތައް:

 - ކޯޕަރޭޝަންގެ ކުރިމަގު ބައްޓަން ކުރުމުގެގޮތުން ޕްލޭންތައް ތައްޔާރުކުރުމާއެކު އެކަންކަން   ޙާޞިލް ކުރުމަށްޓަކައި އެހެން ޑިޕާޓްމަންޓްތަކާއި ގުޅިގެން މަސައްކަތް ކުރުން. 

 - ކޯޕަރޭޝަންގެ ޕްލޭންތައް ޙާޞިލްވި މިންވަރު ދެނެގަނެ އެކަންކަން ކޯޕަރޭޝަންގެ   މެނޭޖްމަންޓަށް  ހުށައެޅުން. 

 - ކޯޕަރޭޝަންގެ ވިޔަފާރި ފުޅާކުރެވޭނެ ގޮތްތައް ހޯދައި އެފަދަ ކަންކަން ތަންފީޒް ކުރުމަށްޓަކައި   ޕްލޭންތައް ހެދުމަށްފަހު އެހެން ޑިޕާޓްމަންޓްތަކާއެކު މަސައްކަތްކުރުން. 

 - ކޯޕަރޭޝަންގެ ވިޔަފާރި ފުޅާކުރެވޭނެ ގޮތްތައް މެނޭޖްމަންޓަށް ހުށައެޅުން. 

 - ކޯޕަރޭޝަނުން ދެމުން ގެންދާ އެންމެހާ ޙިދުމަތްތަކުގެ އަގުތައް ކަނޑައަޅައި ކޮންމެ އަހަރަކު   އެއްފަހަރު އަގުތައް ރިވައިސް ކުރުން.

 - އަލަށް ފެށުމަށް ކޯޕަރޭޝަނުން ނިންމާ އެންމެހާ ކަންކަމުގެ ފީސިބިލިޓީ ސްޓަޑީޒްތައް ހެދުން.

 - އަލަށް ފަށާ އުފެއްދުންތަކުގެ ޕްރޮޓޯޓައިޕް ޓެސްޓުކުރުން.

 - މިހާރުވެސް ދެމުންގެންދާ ޙިދުމަތްތައް ރިވިއުކުރުމަށްފަހު އެޙިދުމަތްތައް މިހާރަށްވުރެން   ރަނގަޅުކުރެވޭނެ ގޮތްތައް ހޯދައި މެނޭޖްމަންޓައް ހުށައެޅުން. 

 - ހުރިހާ ޑިޕާމަންޓްތަކުގެ ޕްލޭންތަކާއި ޕްރޮސީޖަރތައް ނުވަތަ އެސް.އޯ.ޕީތައް އެކުލަވާލުމުގައި   އެހީތެރިވިދިނުން.

 - ހުރިހާ ޑިޕާމަންޓްތަކުގެ ޕްލޭންތަކާއި ޕްރޮސީޖާރތައް ނުވަތަ އެސް.އޯ.ޕީ ތައްޔާރު   ކޮށްފައިވާކަން  ކަށަވަރު ކޮށް އެއާއި އެއްގޮތަށް އަމަލުކުރޭތޯ ބެލުން.

 - މަސައްކަތުގެ ދާއިރާގައި މެނޭޖްމަންޓުން ޑިޕާރޓްމަންޓާއި ހަވާލުކުރާ މަސައްކަތްތައް ރާވައި   ހިންގާ ކުރިޔަށް ގެންދިއުން. 

 - މަސައްކަތުގެ ދާއިރާގައި މެނޭޖްމަންޓުން ޑިޕާރޓްމަންޓާއި ހަވާލުކުރާ މަސައްކަތްތައް ރާވައި   ހިންގާ ކުރިޔަށް ގެންދިއުން. 

 ސުންގަޑި:

 - މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 01 ޑިސެމްބަރ   2025 ވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ   މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް   ފޮނުއްވުން އެދެމެވެ.

- ވަޒީފާއަށް އެދޭ ފޯމު މިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް   އޮފީހުގެ  (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން   ލިބެން ހުންނާނެއެވެ.

 - މި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް   ކަނޑައަޅައިފިނަމަ އެކަނޑައަޅާ   ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތަޢުލީމީ ނުވަތަ އެ މަޤާމަކާއި ގުޅޭ ލިޔުން ހުށަހަޅަން ޖެހޭ މަޤާމުތަކުގެ ލިޔުންތައް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ޕޮލިސް ރިޕޯޓް (މުއްދަތު ހަމަނުވާ)

 ނޯޓް:  މި އިޢުލާނާ ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް   ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf)  ފޯމެޓްގައި އެކަނި ކަމުގައި   ދެންނެވީމެވެ. އަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ   ޕީ.ޑީ.އެފް (pdf)  ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު   ޖެހުމަށް ދަންނަވަމެވެ.

 އިންޓަވިއު:

 މި މަޤާމަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ޑިސެމްބަރު މަހުގެ ތާރީޚެއްގައެވެ.

 އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން   އެދެމެވެ.

27 ނޮވެންބަރު 2025
ހޯދާ