މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ކަނޑިތީމުގައި އެއްގަމު ލައިސެންސް ޓްރެކެއް އެޅުމުގެ މަސައްކަތްކޮށްދޭނެ ފާރާތެއް ހޯދުމާ ގުޅޭ ( ތިންވަނަ އިޢުލާން )

އިޢުލާން

ށ.ކަނޑިތީމުގައި އެއްގަމު ލައިސެންސް ޓްރެކެއް އެޅުމުގެ މަސައްކަތްކޮށްދޭނެ ފާރާތެއް ހޯދުމާ ގުޅޭ ( ތިންވަނަ އިޢުލާން )

 

 

މިކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ށ.ކަނޑިތީމުގައި އެއްގަމު ލައިސެންސް ޓްރެކްއެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަމްބަރު: (IUL)271-CA/271/2025/18 އަދި (IUL)271-CA/271/2025/20 އާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ، އެއިޢުލާން ބާތިލްކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.

ބީލަމުގައި ރަޖިސްޓްރީވުމަށް

              ލިންކް:  https://forms.office.com/r/z42e5BiL1A   

 

ތަފްސީލް

ތާރީޙް

ގަޑި

ރަޖިސްޓްރީވުމުގެ ސުންގަޑި

04 ޑިސެމްބަރ 2025 

12:00

އަންދާސީ ހިސާބު ހުށަހެޅުން (ކައުންސިލް އިދާރާ ކޮންފަރެންސް ހޯލް)

07 ޑިސެމްބަރ 2025  

13:00

ތަން: ށ.ކަނޑިތީމު ކައުންސިލް އިދާރާ

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ގުޅުއްވާނީ 6540041 ނަމްބަރު ފޯނަށެއެވެ.

 

               މިމަސައްކަތާއި ގުޅިގެން އިތުރު މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ. މިޢުލާން ގުޅިގެން ބީލަމުގައި ރަޖިސްޓްރީ ވާ ފަރާތްތަކަށް ބީލަމާ ގުޅޭ މައުލޫމާތު، ލިޔެކިޔުންތައް ސޮފްޓްކޮޕީ މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

ވަޑައިގަންނަވާ ކޮންމެފަރާތަކަށްވެސް ހުށަހެޅޭނީ އެކެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީއޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ އަދި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. 

 

27 ނޮވެމްބަރު 2025

6 ޖުމާދަލްއާޚިރާ1447 

27 ނޮވެންބަރު 2025
ހޯދާ