ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނައަހަރު ޙިފްޡުކޮށް ތަރާވީސް ނަމާދު ކޮއްދޭނެ ދިވެހި ޙާފިޘެއް ހޯދުމަށް

      1447 ވަނައަހަރު މިރަށު ހުކުރު މިސްކިތް (މަސްޖިދުލް ތަޢާވުން)ގައި އިމާމުވެ  ޙިފްޡުކޮށް  ތަރާވީސް ނަމާދު ކޮއްދޭނެ ދިވެހި ޙާފިޘެއް ބޭނުންވެއްޖެވެ.  މިކަމުގެ އުޖޫރައެއްގެ ގޮތުގައި ތަރާވީސް ނަމާދުކުރާ ކޮންމެ ރެއަކަށް -/500 ރުފިޔާ ލިބިލައްވާނެވެ. މިކަމަށް ހޮވޭ ފަރާތަކަށް ރަށަށް އައުމާއި ދިޔުމުގެ ދަތުރު ޚަރަދު ހަމަޖައްސައި ދެވޭނެވެ. އަދި ރަށުން ބޭރުގެ ފަރާތެއްނަމަ ކެއުމާއި ހުރުމުގެ އިންތިޒާމް ހަމަޖައްސައި ދެވޭނެވެ. ތަރާވީސް ނަމާދު ކުރާނެ އިމާމަކު ހޮވުމުގައި ބަލާނީ ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް އަދި ޤުރުއާން ކިޔެވުމުގެ ފަންނަށެވެ.  

             ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން، ސިޓީ އާއިއެކު ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ވަނަވަރު 11 ޑިސެންބަރު 2025 ވާ (ބުރާސްފަތި) ދުވަހުގެ 12:00 ކުރިން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. މިއިދާރާ ހުޅުވިފައި ހުންނާނީ ހުކުރު، ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށެވެ.   އަދި ތަރާވީސް ނަމާދު އިމާމުވެ ކޮށްދިނުމަށް އެދި  އެއްފަރާތެއް ވުރެން ގިނަ ފަރާތްތަކުން ކުރިމަތިލީ ނަމަ، މީހަކު ހޮވާނީ އިންޓަވިއު ކުރުމަށް ފަހުގައެވެ. މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އާއި، އިމްތިޙާނުކުރުން އޮންނާނީ        14 ޑިސެންބަރު 2025 އިން، 18 ޑިސެންބަރު 2025 އާއި ދެމެދުއެވެ.   

              މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާންކުރީމެވެ.

                   07 ޖުމާދަލްއާޙިރާ 1447      

                   27 ނޮވެންބަރު 2025   

27 ނޮވެންބަރު 2025
ހޯދާ