ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގްރެޖުއޭޝަނަށް ބޭނުންވާ ތަކެތި ގަތުމަށް
- 2025 ވަނަ އަހަރު މިސްކޫލްގެ ގްރޭޑް 10 ގެ ދަރިވަރުންނަށް ބާއްވާ ގުރެޖުއޭޝަން ސެރެމެނީއަށް ބޭނުންވާ ތަކެތި ހޯދުމަށްޓަކައި ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2025ނޮވެމްބަރ 27 އިން 2025 ނޮވެމްބަރ 30 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑްރަޖިސްޓްރީފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
"ބިޑްރަޖިސްޓްރީފޯމް" ގެލިންކު:
https://docs.google.com/forms/d/1abOze-Eq_MtpRR-8Fmley33a8urr46DajDKxm17Boi8/edit
މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025ޑިސެމްބަރ 01 ވަނަ ދުވަހުގެ23:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ޑިސެމްބަރ 03 ވަނަ ދުވަހުގެ ހެނދުނު 10.00 ގައިޢިމާދުއްދީން ސްކޫލްގައެވެ.
- މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޢިމާދުއްދީން ސްކޫލް
ރެހެންދި ހިނގުން، ގަލޮޅު
މާލެ، ދިވެހިރާއްޖެ.
ފޯން: 3006648
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
27 ނޮވެންބަރު 2025
ހޯދާ
