ދިވެހިރާއްޖެ
މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރަށުފެންވަރުގައި މަސްރޭހެއް ބޭއްވުމަށް މި ކައުންސިލުންވަނީ ނިންމާފައެވެ. މި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ޑިސެންބަރު 11 ވާ ބުރާސްފަތި ދުވަހުއެވެ.
މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ދޫކުރާ ފޯމާއި ޤަވާއިދު 2025 ނޮވެންބަރު 27 ވަނަ ދުވަހުން ފެށިގެން މިއިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.
ވީމާ، މަސްރޭހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުމަށްފަހު، 2025 ޑިސެންބަރު 4 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން މިއިދާރާއަށް ފޯމް ހުށައެޅުން އެދެމެވެ. އަދި އީމެއިލް ކުރައްވާނަމަ މި އިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކުރުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށް ޓަކައި އިޢުލާނުކުރީމެވެ.
