ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާންމަހު ޙިފްޘުކޮށް ތަރާވީޙްނަމާދު ކުރާނެ ޙާފިޘަކު ހޯދުމާއި ބެހޭ
1447 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުލް އަބީބަކްރްގައި އިމާމުވެ ހިފްޘުކޮށް ތަރާވީޙްނަމާދު ކުރާނެ ޙާފިޘަކު މިކައުންސިލަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 ޑިސެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އަގު ( ކޯޓޭޝަން ) މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އަދި އީމެއިލް މެދުވެރިކޮށް ކޯޓޭޝަން ހުށަހެޅުއްވުމަށް މެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި ކައުންސިލްގެ ހޮޓްލައިން ނަންބަރ 7916100، އަދި މި ކައުންސިލްގެ ރަސްމީ ނަންބަރ 6820020 އަށް ގުޅުއްވުން އެދެމެވެ.
ތިރީގައިވާ މަޢުލޫމާތު ކޯޓޭޝަންގައި ހިމަނަންވާނެއެވެ.
- ޙާފިޘުގެ ދެކޮޅު ޓިކެޓް ( ރާއްޖެއިން ބޭރުން ގެނައުމާއި، އެނބުރި ޤައުމަށް ފޮނުވުމުގެ ޚަރަދު )
- މާލޭގައި ހުރުމާއި ކެއުމުގެ ޚަރަދު، އަދި ރަށަށް ގެނައުމާއި، އެނބުރި މާލެ ދިއުމުގެ ޚަރަދު.
- ވިސާ ދެއްކުމާއި އިންސުއަރެންސް ފީ ދެއްކުމުގެ ޚަރަދު އަދި ދައުލަތުގެ އެހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ފުރިހަމަކުރުން.
- ހުށަހަޅާ ފަރާތުގެ ނަން، ގުޅޭނެ ނަންބަރު، އައި.ޑީ.ކާޑުގެ ކޮޕީ. ( ކުންފުންޏެއްނަމަ ރަޖިސްޓްރީގެ ކޮޕީ )
- ތަޖުރިބާގެ ލިޔުން އޮތްނަމަ އޭގެ ކޮޕީ.
އެހެންކަމުން މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
27 ނޮވެންބަރު 2025
ހޯދާ
