ދިވެހިރާއްޖެ
މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ގޭބިސީތަކުން އުފެދޭ ކުނި ނަގައިދިނުމުގެ މަސައްކަތް، ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 08 ޑިސެންބަރު 2025 ވަނަދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 ޑިސެންބަރު 2025 ވަނަދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ކުރަންޖެހޭ މަސައްކަތްތައް:
- ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 11:00 ދެމެދު ގޭބިސީތަކުން އުފެދޭ ބަދިގެ ކުނި (ކުނިވާޒާތުގެ ކުނި) ނެގުން
- ގޭބިސީ ތަކުން ނަގާ ބަދިގެ ކުނި ( ކުނިވާޒާތުގެ ކުނި) ކައުންސިލުން ކަނޑައަޅާ ސަރަހައްދަކަށް ގެންގޮސް އުކާލުން
މާކްސް ދޭނެ ގޮތް
- އަގަށް : %80 ( އެންމެ ކުޑަ އަގު ހުށައަޅާ ފަރާތަކަށް އެންމެ ގިނަޕޮއިންޓް )
- ތަޖުރިބާ : %20 - މިބަޔަށް މާކްސް ދިނުމުގައި ބަލާނީ ވޭދުވެދިޔަ 03 އަހަރު ދުވަހުގެ ތެރޭގައި މަތީގައިވާ އަންދާސީ ހިސާބު ހުށަހެޅުމަށް ދެވުނު މަޢުލޫމާތުގައިވާ މަސައްކަތް ކޮށްފައިވާނަމަ މަސައްކަތްކުރިކަން އަންގައިދޭ ރިފަރެންސް ލިޔުންތަކަށް ބަލައިގެން ކޮންމެ ލިޔުމަކަށް 4 މާކްސް. އެންމެ ގިނަވެގެން ދެވޭނީ 5 ލިޔުމަށް 20 މާކްސް
އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް
- އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީ ހިސާބެކެވެ.
ހުށަހަޅަންޖެހޭ ތަކެތި
- ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް އަދި ސެޓުފިކެޓު އޮފް ރެޖިސްޓްރޭޝަންގެ ކޮޕީ ހުށަހެޅުން.
- އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ޖީ.އެސް.ޓީ. އަށް ރަޖިސްޓްރީ ކޮށްފައިވާ ސެޓުފިކެޓް އޮފް ރެޖިސްޓްރޭޝަންގެ ކޮޕީ.
- ހުށަހެޅިފައިވާ އަންދާސީ ހިސާބު ބާޠިލްވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.
- އިތުރު ސަޕޯޓިންގ ލިޔުމެއް ވާނަމަ ހުށަހެޅުން.
- ތަޖުރިބާއަށް މާކްސް ދިނުމުގައި ބެލެވޭނީ މިފަދަ މަސައްކަތްތައް އެހެން އޮފީސްތަކުގައި ކޮށްފައިވާ ގޮތާއި ގުޅޭގޮތުން އެ އޮފީސްތަކުން ދީފައިވާ ރެކޮމެންޑޭޝަން ލެޓާރ ފަދަ ލިޔުންތަކަށެވެ.
- ކުންފުންޏެއް ނަމަ އެކުންފުނީގެ އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓް ހުށަހަޅަންވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން
- އަންދާސީހިސާބު 10 ޑިސެންބަރު 2025 ވަނަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި "ކުނި ނެގުން " ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ސިޓީ އުރައިގެ ބޭރުގައި ލިޔެފައި، ތިރީގައިވާ ގޮތަށް އެޑްރެސް ކުރެވިފައި އޮންނަންވާނެއެވެ.
- ގއ.ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ކަނޑުހުޅުދޫ / ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުޅުވުން
- އަންދާސީ ހިސާބު ހުޅުވާނީ 10 ޑިސެންބަރު 2025 ވަނަ ދުވަހުގެ 13:00 ގައި ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާގައި، ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތްތަކުން ކަނޑައެޅިފައިވާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ނުވަތަ 6820020 އަށް ގުޅުއްވުން އެދެމެވެ.
