ހދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2026ވަނަ އަހަރު ހދ. އަތޮޅު މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުން
2026 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
- 01 ޖަނަވަރީ 2026 ފެށިގެން 31 ޑިސެމްބަރ 2026ގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2025 ނޮވެމްބަރ 27 އިން 2025 ޑިސެމްބަރ 3އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00އަށް މިމަދަރުސާއަށް ގުޅުއްވައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
- މި ޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޑިސެމްބަރ 4 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.
- ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2025 ޑިސެމްބަރ 11 ވާ ބުރާސްފަތި ދުވަހުގެ13:00ގައި ހދ. އަތޮޅު މަދަރުސާގެ އޮފީހުގައެވެ.
- މި ޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު ޢާންމު ކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހދ. އަތޮޅު މަދަރުސާ
ހދ. ވައިކަރަދޫ، ދިވެހިރާއްޖެ
ފޯން: 6520056
އީ-މެއިލް: [email protected]
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
27 ނޮވެންބަރު 2025
ހޯދާ
