މުލަކަތޮޅު ރަތްމަންދޫ ސްކޫލް
ދިވެހިރާއްޖެ
2026 ވަނަ އަހަރު ރަތްމަންދޫ ސްކޫލް ސެކިއުރިޓީ ބެލެހެއްޓުން

އިޢުލާން ނަންބަރ:

(IUL)GS164/2025/17

ޕްރޮކިއުމަންޓް ނަންބަރު:

GS164-P/2025/01

  

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ރަތްމަންދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

  1. 2026 ޖަނަވަރީ 01 އިން 2026 ޑިސެންބަރު 31ގެ ނިޔަލަށް 01އަހަރުދުވަހުގެ މުއްދަތަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިކަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން 2025ނޮވެންބަރު 26 ން 2025 ޑިސެންބަރ 3 ގެ ނިޔަލަށް ތިރީގައިވާ އީމެއިލް މެދުވެރިކޮށް "ބީލަން ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  2025ޑިސެންބަރ 4 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން 2025ޑިސެމްބަރ 07 ވަނަ ދުވަހުގެ 13:00 ގައި ރަތްމަންދޫ ސްކޫލުގައެވެ.
  6. މި މަސައްކަތުގެ ބީލަން ފޮތް އަދި ބީލަން ރަޖިސްޓްރީ ފޯމް މި އިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  7. މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ރަތްމަންދޫ ސްކޫލު

ފޯން:  7952909

އީ-މެއިލް: [email protected]

 

26 ނޮވެންބަރު 2025
ހޯދާ