ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ޤުރުއާން މުބާރާތް 1447 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

ކައުންސިލް ޤުރުއާން މުބާރާތް 1447 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

            މި ކައުންސިލް އިދާރާއިން އިންތިޒާމަކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ކައުންސިލް ޤްރުއާން މުބާރާތް 1447" މި އަންނަ ފެބްރުއަރީ މަހު 28 ގައި ބޭއްވުމަށް ވަނީނިންމާފައެވެ. މި މުބާރާތަކީ ހުރިހާ ޢުމުރުފުރާތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.

           ވީމާ، މި ޤުރުއާން މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 04 ޑިސެންބަރ 2025 ގެކުރިން ފޯމު ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ، މުބާރާތުގައި ބައިވެރިވުމަށްއެދޭ ގޫގުލް ފޯމް ފުރާ، ފޯމް ހުށައެޅުމުންނެވެ.

މުބާރާތުގައި ބައިވެރިވުމަށްއެދޭ ގޫގުލް ފޯމުގެ ލިންކް މިއިދާރާގެ ފޭސްބުކް ޕޭޖުން ލިބިވަޑައިގަންނަވާނެވެ. މުބާރާތުގައި ބައިވެރިވެވޭނީ، ދިޔަމިދިލީގެ ރަށްވެހިންނަށެވެ. އަދި ދިޔަމިގިލީ ސްކޫލްގައި ކިޔަވާ ދަރިވަރުންނަށެވެ.

 https://forms.gle/4CADe39LYqaoYNVSA

މުބާރާތުގައި ކިޔެވުމަށް ހަމަޖެހިފައިވާ މުޤައްރަރު ތިރީގައި މިވަނީއެވެ.

#

ޢުމުރުފުރާ

ހިތުން ކިޔެވުން

ބަލައިގެން ކިޔެވުން

01

ބޭބީ ނާސަރީ،

އެކުއްޖަކު ބޭނުންތަނަކުން ކިޔެވުމަށް

02

ނާސަރީ،

އެކުއްޖަކު ބޭނުންތަނަކުން ކިޔެވުމަށް

03

އެލް.ކޭ.ޖީ،

އެކުއްޖަކު ބޭނުންތަނަކުން ކިޔެވުމަށް

04

ޔޫ.ކޭ.ޖީ

އެކުއްޖަކު ބޭނުންތަނަކުން ކިޔެވުމަށް

 

 

ހިތުން ކިޔެވުން

ބަލައިގެން ކިޔެވުން

05

7 އަހަރުފުރި 9 އަހަރު ނުފުރޭ ޢުމުރުފުރާ،

ފަޖްރު ސޫރަތުން ދަށް

ފޮތް 1 (ފެށޭކޮޅު)

ފޮތް 30 (ނިމޭކޮޅު)

1 ފޮތް

06

9 އަހަރުފުރި 12 އަހަރު ނުފުރޭ ޢުމުރުފުރާ،

ފޮތް 1 (ފެށޭކޮޅު)

ފޮތް 30 (ނިމޭކޮޅު)

1 ފޮތް

ފޮތް 1،2،3 (ފެށޭކޮޅު)

ފޮތް 28،29،30 (ނިމޭކޮޅު)

 

3 ފޮތް

07

12 އަހަރުފުރި 15 އަހަރު ނުފުރޭ ޢުމުރުފުރާ،

ފޮތް 1،2 (ފެށޭކޮޅު)

ފޮތް 29،30 (ނިމޭކޮޅު)

2 ފޮތް

ފޮތް 1،2،3،4،5 (ފެށޭކޮޅު)

ފޮތް 25،26،27،28،29،30 (ނިމޭކޮޅު)

5 ފޮތް

08

15 އަހަރުފުރި 20 އަހަރު ނުފުރޭ ޢުމުރުފުރާ،

ފޮތް 1،2 (ފެށޭކޮޅު)

ފޮތް 29،30 (ނިމޭކޮޅު)

2 ފޮތް

ފޮތް 1،2،3،4،5،6،7 (ފެށޭކޮޅު)

ފޮތް 24،25،26،27،28،29،30 (ނިމޭކޮޅު)

7 ފޮތް

09

20 އަހަރުން މަތީގެ ޢުމުރުފުރާ

ފޮތް 1،2 (ފެށޭކޮޅު)

ފޮތް 29،30 (ނިމޭކޮޅު)

2 ފޮތް

ޚަތިމް އެއްކޮށް

 

           ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ނޮވެންބަރު 2025
ހޯދާ