ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑަބްލިޔު.ޑީ.ސީ އެކްސްޕޯ ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން

އިޢުލާން

ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން 16 ނޮވެންބަރ 2025 ގައި ބައިވެރިވުމަށް ހުޅުވާލާފައިވާ "ޑަބްލިޔު.ޑީ.ސީ އެކްސްޕޯ 2025" ގައި ބައިވެރިވުމުގެ މުއްދަތުވަނީ 11 ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކުރެވިފައެވެ. އަދި އެކްސްޕޯ އޮންނަ ތާރީޚް މިހާރު ވަނީ 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހަށް ބަދަލުކުރެވިފައެވެ.

މި އެކްސްޕޯގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ކުޅުދުއްފުށްޓަށް ނިސްބަތްވާ ނުވަތަ ކުޅުދުއްފުށީގައި ދިރިއުޅުއްވާ ބޭފުޅުންގެ ތެރެއިން 30 އަންހެން ބޭފުޅަކަށާއި 10 ފިރިހެން ބޭފުޅަކަށެވެ. އެކްސްޕޯގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ރަޖިސްޓްރީވާ ތަރުތީބުންނެވެ.

މި އެކްސްޕޯއާއި ގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ އުޞޫލު މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.

ވީމާ، މި އެކްސްޕޯގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ބޭފުޅުން 11 ޑިސެމްބަރ 2025 ގެ 14:00ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް އެކްސްޕޯގައި ރަޖިސްޓްރީވެލެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރު 6527202  ނުވަތަ 6527201 އަށް ގުޅުއްވުން އެދެމެވެ.

ރެޖިސްޓްރޭޝަން ލިންކް:  ރެޖިސްޓްރޭޝަން - ޑަބްލިޔު.ޑީ.ސީ އެކްސްޕޯ 2026  – Fill out form

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

26 ނޮވެންބަރު 2025
ހޯދާ