ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން 2025 ޝަކުވާ ހުށަހެޅުމުގެ ނިޒާމް ހުޅުވާލުން
4 ޑިސެންބަރު 2025 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބާގުޅޭ ޝަކުވާތައް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.
އިންތިޚާބާގުޅޭ ޝަކުވާތައް ބެލުމަށް ހަމަޖެހިފައިވަނީ، ގަވާއިދު ނަންބަރު: 2022/R-62 (ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިޚާބު ކުރުމުގެ ގަވާއިދު) ގެ 16 ވަނަ މާއްދާގެ (ށ) ގެ ދަށުން ޤާއިމުކޮށްފައިވާ "ޝަކުވާ ބަލާ ކޮމިޓީ" އިންނެވެ. އިންތިޚާބާގުޅޭ ޝަކުވާތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ލިންކުގައިވާ ފޯމު މެދުވެރިކޮށް، 6 ޑިސެންބަރު 2025 ވާ ހޮނިހިރު ދުވަހުގެ 15:00 އާ ހަމައަށެވެ.
ޝަކުވާ ފޯމް ލިންކް: https://forms.gle/Xix2aANEeQmhWSAg8
25 ނޮވެންބަރު 2025
ހޯދާ
