މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީ އެކުލަވާލުން

މި ކައުންސިލްގެ ނަންބަރު (IUL)369-PS/369/2025/110 (18 ނޮވެމްބަރ 2025) އިއުލާނަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ، މި މަސައްކަތް ޝައުގުވެރިކަން ހުރި ފަރާތްތައް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.

ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީ އެކުލަވާލުން

       ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން މިރަށުގައި ކުރިއަށް ގެންދާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކޮށް، ދެފުށް ފެންނަ އަދި ޖަވާބުދާރީ ކުރުވޭނެ އުޞޫލުން މަސައްކަތް ކުރިޔަށް ގެންދިޔުމަށް "ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމެޓީ" އެކުލަވާލުމަށް ބޭނުންވެއެވެ.

            އެގޮތުން ކޮމެޓީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލެވިފައިވާ މަޤާމުތައް ތިރީގައި އެވަނީއެވެ.

            1. ރަށުގެ ޢާއްންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރު

            2. އިސްރަށްވެހިންގެ ތެރެއިން ކަނޑައަޅާ މެމްބަރު

            3. ޒުވާނުންގެ ތެރެއިން ކަނޑައަޅާ މެމްބަރު

            4. މަޝްރޫޢުގެ ފަންނީ ކަންކަމަށް ޚާއްޞަކޮށް ކަނޑައަޅާ މެމްބަރު

        ވީމާ، މިކޮމެޓީގައި މެމްބަރަކަށްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2025 ޑިސެމްބަރ 1 ވާ ހޯމަ ދުވަހުގެ 14:00 ގެކުރިން ފޯމު ލިންކު މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

             "ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީ ހިންގާ އުޞޫލު" މިއިޢުލާނާއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.

ފޯމު ލިންކު: https://forms.fillout.com/t/akAo4ihgSdus

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 ނޮވެންބަރު 2025
ހޯދާ