މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ސީނިއަރ ޕްރޮކިއުމަންޓް އޮފިސަރ - މިނިސްޓްރީ އޮފް ހެލްތު

 

އިޢުލާން

މިނިސްޓްރީގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް

ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

ސީނިއަރ ޕްރޮކިއުމަންޓް އޮފިސަރ

މަޤާމުގެ ނަންބަރު

       J-418751, J-418752, J-418753 

ބޭނުންވާ އަދަދު

03 (ތިނެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޕަބްލިކް ސަރވިސް ރޭންކް 7 – ސްޓެޕް 1

ޑިވިޝަން/ ސެކްޝަން

ޕްރޮކިއުމަންޓް ޑިވިޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު

މުސާރަ

-/9,845 ރުފިޔާ

މަގާމުގެ އެލަވަންސް

-/4,595 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ހާޒިރީ ޢިނާޔަތް: ހާޒިރުވާ ދުވަހަކަށް -/ 125
  3. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް ( 01 ނޮވެމްބަރު 2025 އެއްގޮތަށް ) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. އިއުލާނު ކުރުމާއި، ބިޑު އިވެލުއޭޝަން ހެދުމާއި ބިޑު ކޮމެޓީގެ ނިންމުންތަކާއި އެއްގޮތަށް ޑިޕާޓުމަންޓު ޑިވިޝަންތަކަށް އަންގަންޖެހޭ އެންގުންތައް ވެރިންގެ އިރުޝާދުގެ ދަށުން އެންގުން އަދި އެވޯޑު ލެޓަރތައް ފޮނުވާ ޑޮކިއުމަންޓުތައް ބެލެހެއްޓުން.
  2. ބިޑު ކޮމެޓީ ބޭއްވުމަށް ތައްޔާރުކުރަން ޖެހޭ ލިޔެކިއުންތައް ތައްޔާރުކޮށް ބަލަހައްޓާ / ބިޑް ކޮމެޓީ ބޭއްވުމާއި ބިޑް ކޮމެޓީގެ ނިންމުންތައް ލިއުމާއި / ޔައުމިއްޔާ ލިއުން ނިންމުންތައް ފައިލްކޮށް ޕޯރޓަލް އަށް އެޅުން.
  3. މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ޑިޕާޓްމަންޓް އަދި ޑިވިޜަންތަކަށް ބޭނުންވާ ތަކެތި ހޯދުމުގައި ގަވާއިދުތަކާއި އެއްގޮށް ޕްރޮކިއުއަރ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  4. ޕަރޗެސް އޯޑަރ ތައްޔާރުކުރުމުގެ ކުރިން މާލިއްޔަތު ގަވާއިދުގައި ފުރިހަމަ ކުރުމަށް ކަނޑައެޅިފައިވާ ހުރިހާ އިޖުރާތްތަކާއެކު ލިޔެއްކިއުންތައް ފުރިހަމަކޮށްފައިވޭތޯ ބެލުން. އަދި އެމުވައްޒަފެއް ހަދާ ޕީއޯ ތަކުގެ ގުޅުންހުރި ލިޔުންތައް SAP އަށް އަޕްލޯޑު ކުރުން، އެމުވައްޒަފު ހަދާފައިވާ PO ތަކުގެ ރިޕޯޓެއް މަހަކު އެއްފަހަރު ނަގާ ރިކޮންސައިލް ކުރުން އަދި މައްސަލަ އުޅޫ ޕީއޯތަކުގެ މައުލޫމާތު ސުޕަވައިޒަށް ގެނެސް ދިނުން.
  5. މިނިސްޓްރީގެ ޕްރޮކިއޯމަންޓް ޕްލޭން ހަދައި ވެރިންގެ އެޕްރޫވަލްއާއެކު މިނިސްޓްރީ އޮފް ފައިނޭންސްއަށް ފޮނުވުން.
  6. މިނިސްޓްރީގެ ދަށުން ހިނގާ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކާއި އަދި މިނިސްޓްރީގެ ދަށުން ހިނގާ ޑިޕާޓްމަންޓް ތަކުން ބޭނުންވާ މެޑިކަލް މެޝިނަރީޒް، ރިއެޖެންޓްސް އަދި ކޮންސިއުމަބަލްސް ފަދަ ތަކެތީގެ ވެރިފައިކޮށްފައިވާ ރިކުއިސިޝަންތައް ލިބުމުން، އެތަކެތި ހޯދުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތުގެމަތިން އެތަކެތި ހޯދުމުގެ މަސައްކަތް ކުރުން.
  7. ޕްރޮކިއުމަންޓާއި ގުޅިގެން ޖަވާބު ދާރީ ވުމަށް ލިބޭ ލިންތަކަށް އެޓެންޑުވުމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުން، އޭސީ.ސީ، އޮޑިޓު އޮފީސް، މިނިސްޓްރީ އޮފް ފިނޭންސް ފަދަ ތަންތަނުން ހޯދުމަށް އެދޭ ލިޔުންތައް ވެރިންގެ އިރުޝާދާއެކު ދިނުން އަދި ދެވޭ ލިޔުންތައް އަޕްޑޭޓުކޮށް ބެލެހެއްޓުން އަދި އެކިފަރާތްތަކުން މައުލޫމާތު ހޯދުމަށް ހުށަހަޅާ ފޯމުތަކަށް ބޭނުންވާ މައުލޫމާތު އިންފޮމޭޝަން އޮފިސަރަށް ވެރިންގެ އިރުޝާދާއެއްގޮތަށް ދިނުން.
  8. މިނިސްޓްރީއިން އިޝޫކޮށްފައިވާ ޕާރޗޭސް އޯޑަރތަކާއި، ޑެލިވަރީ ނޯޓްތަކާއި އަދި ލިބޭ ބިލްތަކާއި އަޅާކިޔައި ދިމާވޭތޯ ކަށަވަރުކު ކުރުމަށްފަހު ބިލަށް ފައިސާ ދެއްކުމަށް އެކައުންޓުސް ޑިވިޝަނަށް ފޮނުވުން. އަދި ބިލު އެންޓުރީ އަށް ފޮނުވޭ ބިލްތައް އެންޓަރކޮށް ޑޮކިއުމަންޓު ސްކޭންކޮށް ބެލެހެއްޓުން.
  9. ބިޑު ކޮމެޓީއިން ނިންމާ ނިންމުންތަކަށް އެއްބަސްވުންތައްޔާރު ކުރުމަށް ބޭނުންވާ ލިޔުންތައް ލީގަލް ޑިވިޝަންއަށް ފޮނުވުން އަދި އެޕްރޫވްޑް އެއްބަސްވުން ލިބުމުން އެއްބަސްވުމުގައި ސޮއި ކުރުމުގެ އިންތިޒާމު ހަމަޖައްސާ ސޮއިކޮށްފައިވާ އެއްބަސްވުންތައް ސްކޭންކޮށް ގުޅުން ހުރިފަރާތްތަކަށް އިންޕްލިމެންޓު ކުރުމަށް ފޮނުވުން އަދި އެއްބަސްވުމުގެ ދަފްތަރެއް އެކުލަވާލާ އަޕްޑޭޓު ކޮށް ބެލެހެއްޓުން.
  10. މިނިސްޓްރީއާއި މިނިސްޓްރީގެ އެކި ޑިޕާޓްމަންޓްތަކުން ކުރާ ވައިގެ ދަތުރުތަކަށް ނަގަންޖެހޭ ޓިކެޓް ނެގުމުގެ އިންތިޒާމް ހަމަޖެއްސުން.
  11. އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން ސިއްހީ އެމަރޖެންސީތަކާ،ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

 

މަޤާމުގެ ޝަރުތުތައް

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް:

  • ޕްރޮކިއުމަންޓް މެނޭޖްމަންޓް
  • ސަޕްލައި ޗެއިން މެނޭޖްމަންޓް
  • ލޮޖިސްޓިކްސް މެނޭޖްމަންޓް
  • އޮޕަރޭޝަންސް މެނޭޖްމަންޓް
  • ޕަރޗޭސިންގ
  • ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓް
  • ލޯ
  • ފައިނޭންސް
  • އިކޮނޮމިކްސް
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ޕްރޮޖެކްޓް މެނޭޖްމަންޓް
  • ކުއަންޓިޓީ ސަރވެއިންގ

ގުޅޭ ވަޒީފާގެ ދާއިރާ

  • ޕްރޮކިއުމަންޓް މެނޭޖްމަންޓް
  • ސަޕްލައި ޗެއިން މެނޭޖްމަންޓް
  • ލޮޖިސްޓިކްސް މެނޭޖްމަންޓް
  • އޮޕަރޭޝަންސް މެނޭޖްމަންޓް
  • ޕަރޗޭސިންގ
  • ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓް
  • ލޯ
  • ފައިނޭންސް
  • އިކޮނޮމިކްސް
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ޕްރޮޖެކްޓް މެނޭޖްމަންޓް
  • ކުއަންޓިޓީ ސަރވެއިންގ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ  މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 01ޑިސެމްބަރު 2025 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށެވެ.    

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އަދި އިންޓަރވިއު އޮންނާނީ، 2025ޑިސެމްބަރު މަހު މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި  އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected] އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014408،30144043014409, ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

24 ނޮވެންބަރު 2025
ހޯދާ