މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ފާދިއްޕޮޅު އަތޮޅުގައި ޖެންޑާރ އީކުއާލިޓީ، ޑިސްއެބިލިޓީ އަދި ސޯޝަލް އިންކްލޫޝަން ގެޕް އެސެސްމަންޓެއް ހަދާނެ ފަރާތެއް ހޯދުން

ޝައުގުވެރިކަން ހުށަހެޅުމުގެ ދަޢުވަތު

ދިވެހި ސަރުކާރުގެ ފަރާތުން ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ އިން  ގްލޯބަލް އެންވަޔަރަމެންޓް ފެސިލިޓީ އަދި ވޯލްޑް ބެންކްގެ އެހީއާއިއެކު ކުރިއަށްގެންދާ "ބުލޫ ކެޕިޓަލް ފޯރ ޕްރޮސްޕެރިޓީ އެންޑް ކްލައިމެޓް ރެސިލިއެންސް" ޕްރޮޖެކްޓަށް ފާދިއްޕޮޅު އަތޮޅުގައި ޖެންޑާރ އީކުއާލިޓީ، ޑިސްއެބިލިޓީ އަދި ސޯޝަލް އިންކްލޫޝަން ގެޕް އެސެސްމަންޓެއް ހެދުމަށް އެދޭ ފަރާތްތަކަށް ޝައުގުވެރިކަން ހުށަހެޅުމުގެ ދައުވަތު ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ އިން އަރުވަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ ގޮތުން އެޓޭޗްކޮށްފައިވާ ޓާރމްސް އޮފް ރެފަރެންސް ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހުށަހަޅަންވާނެއެވެ.

މި މަސައްކަތުގެ ޓާރމްސް އޮފް ރެފަރެންސް މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

ޝައުގުވެރިކަން ހުރި  ފަރާތްތައް  ތިރީގައިވާ ވޯލްޑް ބެންކުގެ އުސޫލުތަކަށް ސަމާލުކަން ދެއްވުމަށް އެދެމެވެ:

Section III, paragraphs, 3.14, 3.16, and 3.17 of the World Bank’s “Procurement Regulations for IPF Borrowers” Sept 2023 (“Procurement Regulations”).

 

މި މަސައްކަތަށް ފަރާތެއް ހޮވާނީ ވޯލްޑް ބޭންކުގެ ޕްރޮކިއުމަންޓް ރެގިއުލޭޝަންގެ އިންޑިވިޖުއަލް ކޮންސަލްޓެންޓް ސެލެކްޝަން އުސޫލުގެމަތިންނެވެ.

މަސައްކަތަށް ޝައުގުވެރިކަން ހުށަހަޅަންވާނީ މި އިޢުލާނާއި އެކު އެޓޭޗްކޮށްފައިވާ ޓާރމްސް އޮފް ރެފަރެންސްގައި ބަޔާންކޮއްފައިވާ ލިޔެކިޔުންތަކާއިއެކު ތިރީގައިވާ އީމެއިލް އެޑްރެހަށް، 2025 ނޮވެމްބަރު 30 ވާ އާދީއްތަ ދުވަހު 13:00 ގެ ކުރިންނެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 2025 ނޮވެމްބަރު 26 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ.

 

ބުލޫ ކެޕިޓަލް ފޯރ ޕްރޮސްޕެރިޓީ އެންޑް ކްލައިމެޓް ރެސިލިއެންސް ޕްރޮޖެކްޓް،

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް،

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ

ފާށަނާ މާލަން، ދަރުބާރުގެ، އަމީނީމަގު، ހެންވޭރު، މާލެ، 20344، ދިވެހިރާއްޖެ.

ފޯން: +960 302 2200

އީމެއިލް: [email protected]

24 ނޮވެންބަރު 2025
ހޯދާ