މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މި އޮފީހަށް ގަންނަން ބޭނުންވާ 6 (ހައެއް) ކޮމްޕިޓަރ ސިސްޓަމްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 19 އޮކްޓޫބަރު 2025 ވަނަ ދުވަހު ކުރި ނަންބަރު (IUL)14-PR/1/2025/111 އިޢުލާނު ބާޠިލުކޮށް، މަޢުލޫމާތު ކަރުދާހަށް ބަދަލު ގެނެސް ދެވަނަ ފަހަރަށް އިޢުލާން ކުރެވިފައި

      މި އޮފީހަށް ގަންނަން ބޭނުންވާ 6 (ހައެއް) ކޮމްޕިޓަރ ސިސްޓަމްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 19 އޮކްޓޫބަރު 2025 ވަނަ ދުވަހު ކުރި ނަންބަރު (IUL)14-PR/1/2025/111 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އާއި އިޢުލާނާ އެއްކަރުދާސް ކުރެވުނު މަޢުލޫމާތު ކަރުދާހަށް ބަދަލު ގެނައުމަށް ބޭނުންވާތީ، 19 އޮކްޓޫބަރު 2025 ވަނަ ދުވަހު ކުރި ނަންބަރު (IUL)14-PR/1/2025/111 އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

      ވީމާ، މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެ މަތީން، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 04 ޑިސެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

      ބީލަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334154 ފޯނަށް ގުޅުއްވުން އެދެމެވެ.

24 ނޮވެންބަރު 2025
ހޯދާ