ދިވެހިރާއްޖެ
އިޢުލާން
ފަރުނީޗަރު ގަންނަން ބޭނުންވެއްޖެ.
މި ބިއުރޯއަށް ފަރުނީޗަރު ގަންނަން ބޭނުންވެއްޖެއެވެ. ވީމާ، މިތަކެތި ސަޕްލައި ކޮށްދެއްވުމަށް ޝައުޤްވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2025 ނޮވެމްބަރު 30 ވަނަ ދުވަހުގެ 11:00 އަށް މި ބިއުރޯ ހިނގަމުންދާ އިމާރާތް ކަމުގައިވާ ދާރުލް އީމާން ބިލްޑިންގ ގެ 8 ވަނަ ފަންގެފިލާގެ މީޓިންގ ރޫމަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. މި ބީލަމާބެހޭ މައުލޫމާތު ކަރުދާސް މި އިޢުލާންއާއިއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.
އަދި ދަންނަވަމެވެ، 2025 ނޮވެމްބަރު 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައި މިދަންނަވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މި ބީލަމާބެހޭ މައުލޫމާތު ޝީޓް މި ލިންކުން ލިބިވަޑައިގަންނަވާނެވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ބިޑް ރަޖިސްޓްރޭޝަން ލިންކް. bids.stats.gov.mv
3 ޖުމާދަލްއާޚިރު 1447
23 ނޮވެމްބަރު 2025
