ދިވެހިރާއްޖެ
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގެ ދަށުން، ދިވެހި ކޮންމެ ގޭބިސީއަކަށް ރޯދަ ހަދިޔާ ދެއްވުމަށް ނިންމަވާފައިވާތީ، ގޭބީސީ ނަން ނޯޓް ކުރުމަށް މި އިދާރާއިން ކުރި ނަންބަރު (IUL)257/257/2025/102 އިއުލާން އާ ހަވާލާދީ ދަންނަވަމެވެ. މުއްދަތުގެ ފަހުން ފޯމު ފުރިހަމަކުރި ފަރާތްތަކާއި، އިދާރާއަށް ގުޅައި ނަންނޯޓް ކުރެއްވި ފަރާތްތަކާއި ގޭގޭގެ ނަންތައް މި އިޢުލާނާއެކު އާންމު ކުރަމެވެ.
ވީމާ، މި ލިސްޓަށް އެއްވެސް ޝަކުވާއެއް ވާނަމަ 2025 ނޮވެންބަރު 24 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާގެ ނަންބަރު 6500205 ފޯނަށް ގުޅުއްވައި އެމަޢުލޫމާތު ހިއްސާކުރުމަށް ދަންނަވަމެވެ. އަދި މިއަދާ ހަމައަށް ފޯރމް ފުރާ، ނަންނޯޓުކޮއްފައި ނުވާ ގޭބިސީތަކުން 2025 ނޮވެންބަރު 24 ވަނަ ދުވަހުގެ 13:00 ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް، އިދާރާއަށް ދުރުވެ ނުވަތަ މި އިދާރާގެ ނަންބަރު 6500205 ފޯނަށް ގުޅުއްވާ ނަން ނޯޓްކުރުމަށް ދަންނަވަމެވެ. މި މުއްދަތުގެ ފަހުން އިތުރު ފުރުސަތު ދެވެން ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކާއި ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.
