ދިވެހިރާއްޖެ
(IUL)VMC-PROC/1/2025/40 :ނަންބަރު
އިޢުލާން
މި ކޯޕަރޭޝަނުން ކުރެވުނު އިޢުލާން ނަންބަރު: IUL) VMC-PROC/1/2025/39) އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، ކެމެރާ އިކުއިޕްމަންޓްސް ގަތުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި ކޯޕަރޭޝަނުން ފޯރުކޮށްދީފައިވާ މަޢުލޫމާތާއި އެއްގޮތަށް ކެމެރާ އިކުއިޕްމަންޓްސް ވިއްކުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުސަތު އަލުން ހުޅުވާލަމެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 ނޮވެމްބަރ 27 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރެއްވުމަށްފަހު، 2025 ޑިސެމްބަރ 03 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މި ކޯޕަރޭޝަން ގެ އޮފީސް ހ.ޒޮނޭރިއާގެ ހަތަރުވަނަ ފަންގިފިލާ އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2025 ޑިސެމްބަރ 01 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ މި ކޯޕަރޭޝަންގެ އީމެއިލް އެޑްރެސްއަށް އީމެއިލްކުރެއްވުން އެދެމެވެ.
ބިޑް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު [email protected] އީމެއިލް އެޑްރެސް އަށް ފޮނުއްވުން އެދެމެވެ.
- ބިޑު ހުށަހަޅާ ކުންފުނީގެ ނަން:
- ގުޅޭނެ ފަރާތެއްގެ ނަން:
- ގުޅޭނެ ފޯނު ނަންބަރ:
- އީމެއިލް އެޑްރެސް:
- އީމެއިލްގެ ސަބްޖެކްޓް: Bid Registration - Purchase of Camera Equipment
ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި އިޢުލާން އާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައި ވާނެއެވެ.
02 ޖުމާދަލްއާޙިރާ 1447
23 ނޮވެމްބަރ 2025
