އައްޑުއަތޮޅު ފޭދޫ ސްކޫލް
ދިވެހިރާއްޖެ
މިސްކޫލްގެ ބޭނުމަށް ގުދަނެއް ކުއްޔަށް ހިފުމާއި ގުޅޭ

މިސްކޫލުގެ ބޭނުމަށް 1 އަހަރު ދުވަހުގެ މުއްދަތަށް ގުދަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 20 ނޮވެމްބަރު 2025 އިން 26 ނޮވެންބަރު 2025 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް ތިރީގައިމިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

  1. މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.
  2. ރަޖިސްޓްރީ ނަންބަރު.
  3. އީމެއިލް އެޑްރެސް.
  4. ގުޅޭނެ މޯބައިލް ނަންބަރު.

މިޕްރޮޖެކްޓާއި ބެހޭގޮތުން  އެއްވެސް ސުވާލެއްވާނަމަ 26 ނޮވެންބަރު 2025 ވަނަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުނެ ފޮނުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނި 27 ނޮވެންބަރު 2025 ދުވަހުގެ ހެނދުނު 11:30 ގައި މިސްކޫލުގައެވެ.

ރަޖިސްޓްރީ ނުކުރާ އެއްވެސް ފަރާތަކަށް ބިޑް ހުށަހެޅުމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

ފޭދޫ ސްކޫލް

ސ.ފޭދޫ، އައްޑޫ ސިޓީ

ފޯން: 6892546

އީމެއިލް [email protected]  

20 ނޮވެންބަރު 2025
ހޯދާ