އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިއްހީމަރުކަޒު އެޅުމަށް ބޭނުންވާ ސަރަހައްދުގައިހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމާއިބެހޭ

އދ.މަންދޫގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ސިއްހީމަރުކަޒު އެޅުމަށް ރައްޔިތުންނާއި މަޝްވަރާކޮށް ނިންމާފައިވާ ޒިޔާރަތްމަގުގެ ދެކުނުން، ޒަމާނީވިލާގޭގެ ހުޅަގުން އަދި ފެންކެނޑިމަގުގެ އުތުރުން އެވާ ސަރަހައްދުގެ ރުއްގަސް މިހާރުވަނީ ފެހިކުލައިން ނަންބަރުޖަހާ ފާހަގަކުރެވިފައެވެ. މިދެންނެވި ސިއްހީމަރުކަޒު އެޅުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީގެ ފަރާތުން ފެށުމަށް ތައްޔާރުވެފައިވާތީ އެސަރަހައްދުގެ ބިން ސާފުކޮށް މަސައްކަތް ފެށުމަށްޓަކައި އެސަރަހައްދުގައި ރައްޔިތުންގެ ރުއްގަސް ފިޔަވައި އަމިއްލަފަރާތެއްގެ ރުއްގަސް ހުރިތޯބަލައި ހުރިނަމަ ބަދަލުދީ އެފަދަ ރުއްގަސް ނެގުމުގެ އިންތިޒާމު ހަމަޖައްސަން ބޭނުންވެއެވެ.

        އެހެންކަމުން މިދެންނެވި ސަރަހައްދުގައި ފެހިކުލައިން ނަންބަރު ޖަހާ ފާހަގަކޮށްފައިވާ ރުއްގަހުގެ ތެރޭގައި އަމިއްލަ ފަރާތެއްގެ ރުއްގަސް ހުރިނަމަ އެކަން ބަޔާންކޮށް 27 ނޮވެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން މިކައުންސިލަށް ސިޓީއަކުން ހުށައެޅުމަށް ދަންނަވަމެވެ. އަދި ސިޓީ ހުށައަޅުއްވާއިރު ރުއްގަހުގެ މިލްކުވެރިކަން ސާބިތުކޮށްދިނުމަށްޓަކައި، ބޭނުންވާ ރަސްމީ ލިޔުމެއް އޮތްނަމަ އެލިޔުމުގެ ކޮޕީއަކާއި، ހެކީގެ ގޮތުގައި ހުށައަޅާ ފަރާތެއްވާނަމަ އެފަރާތެއްގެ ވަނަވަރު (ފުރިހަމަ މަޢުލޫމާތު ފޯނުނަންބަރާއިއެކު) ސިޓީގައި ބަޔާންކޮށް، އައި.ޑީ ކާޑުގެ ކޮޕީއަކާއިއެކު ހުށައެޅުމަށް ދަންނަވަމެވެ.

     ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ނޮވެންބަރު 2025
ހޯދާ