ދިވެހިރާއްޖެ
ކިހާދޫ ސްކޫލް ސްޓާފްރޫމަށް 35 ވޯރކް ސްޓޭޝަން ހެދުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ބ. ކިހާދޫ ސްކޫލްގެ ސްޓާފް ރޫމަށް 35 ވޯރކް ސްޓޭޝަން ހަދައިދޭނެ ފަރާތެއް ހޯދުމަށްކުރެވުނު GS-131/IUL/2025/08 އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
1 މި ސްކޫލްގެ ސްޓާފްރޫމަށް 35 ވޯރކް ސްޓޭޝަން ހަދާދޭނެ ފަރާތެއް ހޯދުމަށް 30 އޮކްޓޯބަރު 2025 ގައި ކުރެވުނު GS-131/IUL/2025/08 އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް ބީލަން ހުށައަޅާފައި ނުވާތީވެ، އެ އިޢުލާން ބާތިލްކޮށް އަލުން މި މަސަތްކައް ކޮށްދޭން ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
2 މި ޕްރޮޖެކްޓާގުޅޭ ބިޑް ޑޮކިއުމަންޓްތައް މިހާރުން ފެށިގެން ރަސްމީގަޑީގައި މިސްކޫލްއިން ލިބެން ހުންނާނެއެވެ.
3 މިޕްރޮޖެކްޓްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިހާރުން ފެށިގެން 24 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 14.00 ގެ ނިޔަލަށް " ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކޮށް ރަސްމީގަޑީގައި މި ސްކޫލަށް ފޯމް ހުށަހަޅައިގެން ނުވަތަ ތިރީގައިވާ މި ސްކޫލްގެ އީމެއިލް އެޑްރެހަށް " ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް" އީމެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރިވުމަށް ދަންނަވަމެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ބީލަން ހުށައަޅަ ފަރާތުގެ ޒިންމާއެކެވެ.
4 މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
5 ބިޑް ހުށައެޅުމާއި ބިޑް ހުޅުވުން އޮންނާނީ 04 ޑިސެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ކިހާދޫ ސްކޫލްގައެވެ.
6 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ. އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބީލަން ފޮތާއި ބިޑް ފޯމް ސޮފްޓްކޮޕީ ފޯމެޓްގައި މެއިލް ކުރެވޭނެއެވެ.
7 މި ޕްރޮޖެކްޓާބެހޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކިހާދޫ ސުކޫލް / ބ. ކިހާދޫ
ފޯން: 6600017
އީ-މެއިލް: [email protected]
