މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ފުވައްމުލައް ސިޓީގައި ޢިމާރާތްކުރަމުންދާ ޤްރުއާން ސެންޓަރަށް ބޭނުންވާ އައިޓީ އިކުޕްމަންޓް އަދި ސައުންޑް ސިސްޓަމް ހޯދުން

އިޢުލާން

ފުވައްމުލައްސިޓީގައި ޢިމާރާތްކުރަމުންދާ ޤްރުއާން ސެންޓަރަށް ބޭނުންވާ އައިޓީ އިކުޕްމަންޓާއި ސައުންޑް ސިސްޓަމް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު: (IUL)142-A5/142/2025/200 އިޢުލާނާއި ގުޅިގެން އައިޓީ އިކްވިޕްމެންޓްސް އަދި ސައުންޑް ސިސްޓަމް ހޯދުމަށް ލިބިފައިވާ ބިޑްތަކުގެ އަގުބޮޑުކަމަށް ފެންނާތީއާއި ސްޕެސިފިކޭޝަނާއި އެއްގޮތަށް ބައެއް އައިޓަމަށް ބިޑްހުށާހަޅާފައިނުވާތީ، އަލުން ފުރުޞަތު ހުޅުވާލަމެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ ބީލަން ކަރުދާސް މިއިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2025 ނޮވެމްބަރު 24  ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.

https://forms.office.com/r/grucUm4NEk

 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 ޑިސެންބަރު 02 ވާ އަންގާރަ ދުވަހުގެ 11:00 ގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2025 ނޮވެމްބަރު 26 ވާ ބުދަ ދުވަހުގެ 14:00 ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ    3020261  3020252 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

20 ނޮވެންބަރު 2025
ހޯދާ