ދިވެހިރާއްޖެ
މި މިނިސްޓްރީގެ ނަންބަރު IUL)138-PIS2/138/2015/63)ފ(06 އޮކްޓޫބަރު 2015) އިޢުލާނުން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ޢާންމު ޚިދުމަތްތަކާބެހޭ ބައިގެ އޮފީހުގައި މަރާމާތުކުރަން ހުރި މަސައްކަތްތައް މި މިނިސްޓްރީން ދޭ އިރުޝާދާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ، މި މަސައްކަތް އަލުން އިޢުލާން ކުރުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ޝެޑިއުލާ އެއްގޮތަށް މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު މި މިނިސްޓްރީއަށް ހުށަހަޅައިދެއްވުން އެދެމެވެ.
ތާރީޚު |
ވަގުތު |
ތަފުސީލު |
12 ނޮވެންބަރު 2015 |
11:00 |
މަޢުލޫމާތު ސާފުކުރުން |
19 ނޮވެންބަރު 2015 |
11:00 |
ބިޑް ހުޅުވުން |
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
އިންޖިނިއަރިންގ ސެކްޝަން
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.
އަމީނީ މަގު،
މާލެ، ދިވެހިރާއްޖެ.
ފޯން: 3004300 ފެކްސް:3004301
އީ-މެއިލް: [email protected]
23 މުޙައްރަމް 1437