ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޒިޔާރަތްކޮށް ހާލުބެލުމުގެ ސަރވޭއަށް އެނުއުމަރޭޓަރުން ހޯދުމާ ގުޅޭ

                       

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، މި އިދާރާއިން ކުރިއަށްގެންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޒިޔާރަތްކޮށް ހާލުބެލުމުގެ ސަރވޭގެ މަސައްކަތަށް އެނުއުމަރޭޓަރުން ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމު:

އެނުއުމަރޭޓަރ

ބޭނުންވާ އަދަދު:

10 (ދިހައެއް)

މަސައްކަތުގެ މުއްދަތު:

ގިނަ ވެގެން 10 (ދިހަ) ދުވަސް

ނޯޓް: ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެނުއުމަރޭޓަރުންނަށް އެންމެ އެކަށީގެންވާ ވަގުތެއްގައި ޒިޔާރަތްކުރުމުގެ ފުރުޞަތު ލިބޭނެއެވެ.

އެލަވަންސް

ފުރާ ކޮންމެ ފޯމްއަކަށް 40 ރުފިޔާ

މަސްއޫލިއްޔަތުތައް:

ކަނޑައެޅިފައިވާ ގޭގެއަށް ޒިޔާރަތްކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހާލުބެލުމުގެ ސަރވޭ ފޯމު ފުރިހަމަކުރުން

ފޯމުތައް ކެޓަގަރައިޒްކޮށް، ސަރވޭއާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ފުރިހަމަކުރުން

އިދާރާއިން ހަވާލުކުރާ ސަރވޭއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން

އަސާސީ ޝަރުޠުތައް:

ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުން

ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 (ދޭއް) މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން

ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން ދަންނަ ފަރާތެއް ކަމުގައިވުން

ފޯރމް ފުރުމާ ޑޭޓާ އެންޓްރީ ފަދަ އިދާރީ މަސައްކަތް ކުރަން އެނގޭ ފަރާތެއް ކަމުގައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް

  • ލިންކް: https://shorturl.at/JASSG  ގައިވާ ފޯމް މެދުވެރިކޮށް ތިރީގައިވާ ލިޔުންތައް ހުށައަޅަން ވާނެއެވެ.
  • ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

އެދެންވީގޮތާއި ސުންގަޑި

ލިންކް: https://shorturl.at/JASSG  ގައިވާ ފޯމް މެދުވެރިކޮށް 26 ނޮވެމްބަރ 2025 ގެ 14:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.  

އިތުރު މަޢުލޫމާތު:

އެނުއުމަރޭޓަރުންގެ ގޮތުގައި ނެގޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ކުރިމަތިލާ 10 (ދިހައެއް) ފަރާތެވެ.

 އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު [6527185] އަށް ގުޅުއްވުން އެދެމެވެ.

                                              

20 ނޮވެންބަރު 2025
ހޯދާ