ދިވެހިރާއްޖެ
ހޯނޑެއްދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 54 ވަނަ ކުއްލި ބައްދަލުވުމުގެ ނިންމުމާއި ގުޅިގެން، ގދ. ހޯނޑެއްދޫ މިސްކިތްތަކަށް ޚާއްޞަކުރެވިފައިވާ "މިސްކިތު ފަންޑު" ގެ ނަމުގައި ޚާއްސަ ފަންޑެއް ޤާއިމް ކުރެވިފައި ވެއެވެ. މި ފަންޑު ޤާއިމުކުރުމުގެ ބޭނުމަކީ މިސްކިތްތަކަށް ބޭނުންވާ ބޮޑެތި މަރާމާތުތަކާއި، އަސާސީ ތަކެތި ހޯދުމަށް ބޭނުންވާ ފައިސާ ހޯދުމަށް ރައްޔިތުންނަށް ފަސޭހަ، ޒިންމާދާރު އަދި ފުރިހަމައަށް ޝަފާފުކަން (ޓްރާންސްޕެރެންސީ) ހިފެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމެވެ.
އިސްލާމްދީނުގައި ސަދަޤާތްކުރުމަކީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބިގެންދާނެ ކަމެކެވެ. ޚާއްޞަކޮށް ﷲގެ ގެކޮޅުތައް ބިނާކުރުމާއި، އެތަންތަން ބެލެހެއްޓުމަށް ކުރެވޭ ޚަރަދުތަކަކީ ދެމިހުންނަނިވި ސަދަޤާތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެހެންކަމުން، މިސްކިތު ފަންޑަށް ދެއްވާ ކޮންމެ އެހީއެއްވެސް ވާނީ ހަމަ މިސްކިތްތަކުގެ ބޭނުންތަކަށް ޚަރަދުކުރެވޭ، ޝަރުޢީގޮތުން ޔަޤީންކަން ލިބިގެންވާ ސަދަޤާތަކަށެވެ. މި ފަންޑުގެ ހިސާބުތައް އެންމެހާ ފަރާތްތަކަށް ވެސް ފެންނާނެހެން ޝަފާފުކޮށް ބެލެހެއްޓޭނެކަމުގެ ޔަޤީންކަން އަރުވަމެވެ.
ވީމާ، މިސްކިތު ފަންޑަށް ސަދަޤާތްކުރުމުގެ ފުރުޞަތުގައި ބައިވެރިވެ، މިސްކިތްތަކުގެ ޚިދުމަތްތައް ދެމެހެއްޓުމަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެދި ދަންނަވަމެވެ. މިސްކިތު ފަންޑަށް ސަދަޤާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ އެކައުންޓަށް ފައިސާ ޖަމާކޮށްގެން ސަދަޤާތް ކުރެއްވުން އެދެމެވެ.
އެކައުންޓްގެ ނަން: 1468-ޚަރަދު 2
އެކައުންޓް ނަންބަރު: 7710700382004
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
