ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭމަންޑޫގައި ރޯޑް ކޯޕަރޭޝަންގެ ސައިޓް ޤާޢިމް ކުރުމަށް ހަމަޖެހިފައިވާ ބިމުގައިވާ ރުއްގަހާގުޅޭ

        

            ވޭމަންޑޫގައި ރޯޑު ކޯޕަރޭޝަންގެ ސައިޓް ޤާޢިމްކުރުމުގެ މަސައްކަތަށް ބޭނުންވާ، ބިމަށްއަރާ ރުއްގަހުގައި ނަންބަރު ޖަހާފައިވާނެއެވެ. މިކަމަށް ކައުންސިލުން ހަމަޖައްސަވާފައިވާ ބިމަކީ، މިރިހިމަގުގެ ދެކުނުން، ނަރުދަމާސައިޓްގެ ހުޅަނގުން، ނިކަގަހުގެ އިރުން އޮތް ހުސްބިމެވެ. ބިންދައްކުވައިދޭ ކުރެހުން، (ޗާޓް) މި އިޢުލާނާއިއެކު އެއްހީރަސް ކުރެވިފައިވާ ވާނެއެވެ.

             ވީމާ، ޤާނޫނު ނަމްބަރު 1998/21 ( މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫން ) އާއި އެއްގޮތައް ހުއްދަލިބިގެން އިންދާ ހައްދާފައިވާ ރުއްގަހުގެ ބަދަލުގެ މައްސަލަ ހަމަޖެއްސުމަށްޓަކައި އެރުއްގަހުގެ ވެރިން، 02 ޑިސެމްބަރު 2025 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ވޭމަންޑޫ ކައުންސިލަށް ވަޑައިގެން ރުއްގަހުގައި ޖަހާފައިވާ ނަންބަރު ވޭމަންޑޫ ކައުންސިލަށް އަންގަވައި ދެއްވުން އެދެމެވެ. އަދި މިދެންނެވި ރުއްގަހުގެ ތެރެއިން ޤާނޫނާއި، ޤަވާޢިދާއި ޚިލާފަށް އިންދާފައިވާ އެއްވެސް ރުއްގަހަކަށް ބަދަލު ދެވެން ނޯންނާނެކަމުގައި ދެންނެވީމެވެ. އަދި ދަންނަވަމެވެ. ޤާނޫނާއި ޤަވާޢިދާ ޚިލާފަށް އިންދާފައިހުރި ރުއްގަސް އިންދި ފަރާތްތަކުން ރުއްގަސްތައް، 04 ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ ކުރިން ނެންގެވުން އެދެމެވެ. އިޢުލާންގެ މުއްދަތު ހަމަވާއިރު ވެރިފަރާތް ނާންގައިހުރި ރުއްގަހާއި، ޤާނޫނާއި ޚިލާފަށް އިންދާފައިހުރި ރުއްގަހާއި ތަކެތި މިކައުންސިލުން ނަގައި ނައްތާލެވޭނެ ކަމުގައި ދަންނަވަމެވެ.

 

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

19 ނޮވެންބަރު 2025
ހޯދާ