އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ އޭސީތައް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

ނަންބަރ: ASND/GA/IUL/2025/36


މި ކުންފުނީގެ އޭސީތައް 1 އަހަރު ދުވަހުގެ މުއްދަތަށް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 26 ނޮވެމްބަރ 2025 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރީ ކުރެއްވުމަށް، [email protected] އަށް ކުންފުނީގެ ނަމާއި، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި ފޯނު ނަމްބަރު، އައިޑީ ކާޑު ނަމްބަރު އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ކުރުމަށް ފޮނުވާ އީމެއިލްގައި މި އިޢުލާން ނަމްބަރު ޖެއްސެވުން އެދެމެވެ. ރެޖިސްޓްރީ ކުރެއްވުމަށް ހަމަޖެހިފައިވާ ސުންގަޑި ހަމަވާއިރު، މަދުވެގެން 3 ފަރާތަކުން ރެޖިސްޓްރީ ކޮށްފައިނުވާނަމަ، މި އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރެވޭނެއެވެ. ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

މި މަސައްކަތަށް ރަޖިސްޓަރ ކުރާ ފަރާތްތަކަށް ބޭއްވޭ ޕްރީ ބިޑް މީޓިންގ އެއް، 01 ޑިސެމްބަރ 2025 ވާ ހޯމަ ދުވަހުގެ 14:00 ގައި މި ކުންފުނީގެ މައި އޮފީސް، ފެން ބިލްޑިންގ 3 ވަނަ ފަންގިފިލާ ގައި އޮންނާނެއެވެ.

04 ޑިސެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ވެބް މީޓިންގ އެއް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހެޅުއްވުން އޮށްނާނެއެވެ. ވެބް މީޓިންގގެ ލިންކް، ރެޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.  އަންދާސީ ހިސާބު ފޮނުވާނީ މެއިލްގެ ޒަރިއްޔާއިން މި ދެންނެވި މީޓިންގގައެވެ.

ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.

 

ޖެނެރަލް އެޑްމިނިސްޓްރޭޝަން ސެކްޝަން

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]    ވެބްސައިޓް: www.aasandha.mv    ފޯން:  3011483      

19 ނޮވެންބަރު 2025
ހޯދާ