ދިވެހިރާއްޖެ
އެޗް.އާރ ސޮފްޓްވެއަރ ފޯރުކޮށްދީ ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ކުރި 289/289/2025/29(IUL) އިޢުލާނުގައި މައްސަލަ ހުރިކަމަށް ފާހަގަކުރެވިފައިވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިއިޢުލާނާއެކު ފޯރުކޮށްދީފައިވާ މަޢުލޫމާތާއި އެއްގޮތަށް މިކައުންސިލަށް އެޗް.އާރ ސޮފްޓްވެއަރއެއް ފޯރުކޮށްދީ، އިންޕްލިމެންޓްކޮށް ތަމްރީން ކޮށްދިނުމާއެކު 10 އަހަރުގެ މުއްދަތަށް ސޮފްޓްވެއަރ ޑިވެލޮޕްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކީ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.
ވީމާ، މިބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން 27 ނޮވެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު، ރަޖިސްޓްރޭޝަންފީ ޓްރާންސްފާކޮށް، ޓްރާންސްފާރ ސްލިޕް އަދި ފުރިހަމަކޮށްފައިވާ ރަޖިސްޓްރީވުމަށްއެދޭ ފޯމް [email protected] މެއިލް މެދުވެރިކޮށް ހުށަހެޅުއްވުންއެދެމެވެ. ރެޖިސްޓްރޭޝަންފީ -/500 ރުފިޔާ ޓްރާންސްފާރ ކުރައްވާނީ މިއިދާރާގެ އެކައުންޓް: 1329 ރެވެނިއު 1 ، 7720700408001 އަށެވެ. މި ބީލަމާގުޅޭގޮތުން އިތުރު ޕްރީބިޑް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 09 ޑިސެންބަރު 2025 ވާ އަންގާރަ ދުވަހުގެ 11:00 ގައި ލަންދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމްގައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި އަންދާސީ ހިސާބު ހުށަހަޅަން ބަދަލުގައި މީހަކު ފޮނުވާނަމަ އަންދާސީ ހިސާބު ބަލައިގަނެވޭނީ، ބަދަލުގައި އަންދާސީ ހިސާބު ހުށަހަޅާކަން ބަޔާންކޮށް ވެރިފަރާތުން ދޫކޮށްފައިވާ ސިޓީ އަކާއި، ޙާޟިރުވާ ފަރާތުގެ އައިޑީކާޑްގެ ކޮޕީއަކާއެކުއެވެ. އަދި އަންދާސީ ހިސާބު އޮންލައިންކޮށް ބަލައިގަތުމަށް ހަމަޖެހިފައިނުވާ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ފޯން: 6560007 ނުވަތަ 9954440 ނަންބަރާއި ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
