ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަށް މަލްޓިމީޑިއާ ކޮންޓެންޓް ކްރިއޭޓަރ އެންޑް އިވެންޓް ސަޕޯޓް ސްޕެޝަލިސްޓެއް (ރިޓެއިނަރ) ހޯދުމާގުޅޭ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން ކުރަމުންގެންދާ މަސައްކަތްތައް ރަނގަޅު ގޮތުގައި ރައްޔިތުންނަށް އަންގައިދިނުމަށްޓަކައި ޕްބްލިކް ރިލޭޝަން ސެކްޝަންގެ ބޭނުމަށް މަލްޓިމީޑިއާ ކޮންޓެންޓް ކްރިއޭޓަރ އެންޑް އިވެންޓް ސަޕޯޓް ސްޕެޝަލިސްޓެއް ގެ ޚިދުމަތް "ރީޓެއިނާ" ގެ ދަށުން ހޯދުމަށް ބޭނުންވެއެވެ. މިކަމާބެހޭ އިތުރު މަޢުލޫމާތު ޓީ.އޯ.އާރުގައި ހިމަނާފައިވާނެއެވެ.
ބިޑް ސެކިއުރިޓީ އަދި ފާރފޯމަންސް ގެރެންޓީ
- 1. ބިޑް ސެކިއުރިޓީ
(ހ) މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީ އަކީ 5,000ރ (ފަސްހާސް ރުފިޔާ) އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް
ހުށައަޅާ ތާރީޚުން ފެށިގެން މަދުވެގެން 30 (ތިރީސް) ދުވަސް ކަމުގައި ވާންވާނެއެވެ.
(ށ) ހުށައަޅާ އަންދާސީ ހިސާބުގެ އަގު 500,000ރ (ފަސް ލައްކަ ރުފިޔާ) އަށް ވުރެ
ބޮޑުކަމުގައި ވާނަމަ (ހ) ގައި ބަޔާންކޮށްފައިވާ އަދަދުގެ ބިޑް ސެކިއުރިޓީ ހުށައަޅަންވާނެއެވެ.
(ނ) ބިޑް ސެކިއުރިޓީގެ ގޮތުގައި ޤަބޫލުކުރާނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބޭންކަކުން ނުވަތަ ފައިނޭންޝިއަލް
އިންސްޓިޓިއުޓަކުން މި ޕްރޮޖެކްޓަށް ދޫކޮށްފައިވާ ބިޑް ސެކިއުރިޓީ ލިޔުމެކެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި ޗެކް
ބަލައެއް ނުގަނެވޭނެއެވެ.
- 2. ޕާފޯމަންސް ގެރެންޓީ
(ހ) ބީލަން ކާމިޔާބުކުރާ ފަރާތުން ހުށައަޅާފައިވާ އަގަކީ 500,000ރ (ފަސް ލައްކަ ރުފިޔާ) އަށްވުރެ ބޮޑު އަގެއްނަމަ
ޕާފޯމަންސް ގެރެންޓީގެ ގޮތުގައި 2% (ދޭއް އިންސައްތަ) އެއްބަސްވުމުގައި ސޮއިކޮށް މަސައްކަތާ ޙަވާލުވާ ދުވަހު ހުށައަޅަންވާނެއެވެ.
(ށ) ޕާފޯމަންސް ގެރެންޓީގެ ގޮތުގައި ޤަބޫލުކުރާނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބޭންކަކުން ނުވަތަ ފައިނޭންޝިއަލް
އިންސްޓިޓިއުޓަކުން މި ޕްރޮޖެކްޓަށް ދޫކޮށްފައިވާ ޕާފޯމަންސް ގެރެންޓީ ލިޔުމެކެވެ. އަދި ޕާފޯމަންސް ގެރެންޓީގެ ގޮތުގައި
ޗެކް ބަލައެއް ނުގަނެވޭނެއެވެ.
(ނ) ޕާފޯމަންސް ގެރެންޓީގެ މުއްދަތަކީ، އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން މަސައްކަތުގެ މުޅި މުއްދަތަށްވުރެ
ކުރު މުއްދަތަކަށް ވެގެން ނުވާނެއެވެ. ޕާފޯމަންސް ގެރެންޓީ ހުށަނާޅައިފިނަމަ ބެލެވޭނީ މަސައްކަތާއި ހަވާލިނުވީ ކަމަށެވެ.
އެޑްވާންސް ފައިސާ
މި ޕްރެޖެކްޓަށް އެޑްވާންސް ފައިސާ ދޫކުރުމަށް ހަމަޖެހިފައި ނުވެއެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 30 ނޮވެމްބަރ 2025 ވާ އާދީއްތަ ދުވަހުގެ 11:00 ވޭލާނާގެ 11 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ގެ އޮފީހަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3323668 އަށް ރަސްމީ މަސައްކަތު ގަޑީގައި ގުޅުއްވުން އެދެމެވެ.
