ދިވެހިރާއްޖެ
އިޢުލާން
ކުޅުދުއްފުށީ ސިޓީގެ އިރުމަތި ފަރާތު ފުއްޓަރަށް ގާކުނޑި އެޅުން ހުއްޓާލުމާއި ގުޅޭ
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި މިނިސްޓްރީ އޮޕް ޓޫރިޒަމް އެންޑް އެންވައިރަމެންޓްއިން ކުރިއަށްގެންދާ ކޯސްޓަލް ޕްރޮޓެކްޝަން ޕްރޮޖެކްޓްގެ އެކިއެކި މަސައްކަތްތައް ކުރިއަށްދާތީ ރަށުގެ އިރުމަތި ފަރާތު ފުއްޓަރަށް މިހާރު އަޅަމުންދާ ގާކުނޑި (ކޮންސްޓްރަކްޝަން އެންޑް ޑެމޮލިޝަން ވޭސްޓް) އެޅުން ހުއްޓާލަން ދަންނަވަމެވެ.
މިއީ، އޭ.ޑީ.ބީ އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ގުޅިގެން ކުރިއަށްގެންދާ "އެންހާންސިން ކްލައިމެޓް ރެޒިލިއަންސް އެންޑް ފޫޑް ސެކިއުރިޓީ" މަޝްރޫޢުގެ ދަށުން، ކުޅުދުއްފުށީގެ އައްސޭރިފަށުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން، މި އަހަރުގެ ޖުލައި މަހުން ފެށިގެން ރަށުގެ އިރުމަތި ފަރާތާއި އެހެނިހެން ސަރަޙައްދުތަކުގައި އެކިއެކި ދިރާސާތައް ދަނީ ކުރެވެމުންނެވެ.
އެހެންކަމުން 19 ނޮވެމްބަރު 2025 ވަނަ ދުވަހުން ފެށިގެން، މިހާރު ގާކުނޑި އަޅަމުންދާ ސަރަޙައްދަށް އެއްވެސް ބާވަތެއްގެ ގާކުނޑި އެޅުން ހުއްޓާލުމަށް އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ. މީގެ ބަދަލުގައި ގާކުނޑި އެޅުމަށް ހަމަޖައްސާފައިވަނީ ކުނި ކޮށީގެ އިރުދެކުނުގައި ކަނޑައެޅިފައިވާ ސަރަޙައްދަކަށެވެ. މިގޭ އިތުރުން، މި ސަރަޙައްދަށް ގާކުނޑި އެޅުމަށް ވޭސްޓް މެނެޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ސެކިއުރިޓީ ހަޓްއިން ހުއްދަ ނަގަންޖެހޭނެކަންވެސް ދަންނަވަމެވެ. މި ސަރަޙައްދަށް ގާކުނޑި އަޅޭނީ ހުކުރު ދުވަހު 8:00 އިން 11:30 އަށް އަދި 14:00 އިން 17:00 އަށެވެ. އަދި އެހެން ދުވަސްތަކުގައި މި ސަރަޙައްދަށް ގާކުނޑި އަޅޭނީ 7:30 އިން 20:00 އަށެވެ.
ވީމާ، 19 ނޮވެމްބަރު 2025 އިން ފެށިގެން ގާކުނޑި އަޅަން ހަމަޖައްސާފައިވާ ސަރަޙައްދަށް އެޅުމަށް ދަންނަވަމެވެ. މި ސަރަޙައްދުގެ ޗާޓު މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6527101 އަށް ގުޅުއްވުން އެދެމެވެ.
