ސ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސ. އަތޮޅު މަދަރުސާގެ ކްލާސްރޫމެއް ސެންސަރީ ކްލާސްރޫމަކަށް ބަދަލުކުރުން

ސ. އަތޮޅު މަދަރުސާގެ ކްލާސްރޫމް ސެންސަރީ ކްލާސްރޫމަކަށް ބަދަލުކުރުމަށް ބޭނުންވެއެވެ. މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

ވީމާ، ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 19 ނޮވެމްބަރ2025  ން 24 ނޮވެމްބަރ 2025 އަށް ކޮންމެ ދުވަހަކު 08:00 އިން 14:00 އާއި ދެމެދު ތިރީގައިވާ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.

ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މައުލޫމާތުތައް ހިމަނަންވާނެއެވެ.

 

1- މަޢުލޫމާތު ސާފުކުރާ ފަރާތް/ކުންފުނީގެ ނަން

2- ރަޖިސްޓްރީ ނަންބަރ

3- އީމެއިލް އެޑްރެސް

4- ގުޅޭނެ މޯބައިލް ނަންބަރު

ބީލަމުގައި ރަޖިސްޓްރީ ކުރުމުން މިއިޢުލާނާއި ގުޅޭ ބިޑް ފޮތް އީމެއިލް މެދުވެރިކޮށް ހިއްސާ ކުރެވޭނެއެވެ.

މި ބީލަމާއި ގުޅިގެން ބާއްވާ ޕްރީ ބިޑް މީޓިންގ 25 ނޮވެމްބަރ 2025 ވާ އަންގާރަ ދުވަހު ހެނދުނު 13:30ގައި ސ.އަތޮޅު މަދަރުސާގައި އޮންނާނެވެ. މި މީޓީންގގައި ބައިވެރިވޭވޭނީ ނަންނޯޓް ކުރުމަށް ދެވިފައިވާ މުއްދަތުގައި ނަން ނޯޓްކުރާ ފަރާތްތަކަށެވެ.

 

ބިޑް ހުޅުވުން އޮންނާނީ  30  ނޮވެމްބަރ 2025 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި ސ.އަތޮޅު މަދަރުސާގެ އޮފީހުގައެވެ.

މި މަސައްކަތާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ސ.އަތޮޅު މަދަރުސާ                                                     

ފޯން ނަންބަރ:7565679/6895679

އީމެއިލް އެޑްރެސް: [email protected]

19 ނޮވެންބަރު 2025
ހޯދާ