ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ފެނަކަ ކޯޕަރޭޝަން ލިމިޓަޑްގެ ބްރާންޗްތަކުގެ އިންޖީނުގެތަކަށް ބޭނުންވާ ޑީސަލް، ބަނދަރުން ގެންގޮސް ބްރާންޗްތަކުގެ ޓޭންކަށް އަޅައިދިނުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ އިއުލާނާއި މައުލޫމާތު ކަރުދާސް:

ނަންބަރު: FNK-I/IUL/2025/100

އިޢުލާން

ފެނަކަ ކޯޕަރޭޝަން ލިމިޓަޑްގެ ބްރާންޗްތަކުގެ އިންޖީނުގެތަކަށް ބޭނުންވާ ޑީސަލް، ބަނދަރުން ގެންގޮސް ބްރާންޗްތަކުގެ ޓޭންކަށް އަޅައިދިނުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ އިއުލާނާއި މައުލޫމާތު ކަރުދާސް:

މިކުންފުނީގެ ބްރާންޗްތަކުގެ އިންޖީނުގެތަކަށް ބޭނުންވާ ޑީސަލް، ބަނދަރުން ގެންގޮސް ބްރާންޗްތަކުގެ ޓޭންކަށް އަޅައިދިނުމުގެ މަސައްކަތް ކުރުމަށް 01 ޖެނުއަރީ 2026 އިން ފެށިގެން އެއްއަހަރު ދުވަހުގެ މުއްދަތަށް، ކަނޑައެޅިފައިވާ އަތޮޅުތަކުގެ ރަށްރަށުގެ އިންޖީނުގެތަކަށް މިދެންނެވުނުގޮތަށް ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ނޮވެމްބަރ 2025 ވާ ބުދަ ދުވަހުގެ 11:00 އަށް މިކުންފުނީގެ އެރަށެއްގެ ބްރާންޗަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިއުލާންއާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.

ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތަކާއި މި އިޢުލާނާއި ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

18 ނޮވެންބަރު 2025
ހޯދާ