ދިވެހިރާއްޖެ
ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ޓަކައި، ރަށުގެ މަގުތަކާއި ގޯޅިތައް ވިނަ ނޮޅައި ސާފުކޮށް މަގާއި ގޯޅި ތަކުގައި ބަހައްޓާފައި ހުންނަ ތަކެތި ނަގައި ގަވާއިދުން މަގާއި ގޯޅިތައް ސާފުކުރުމަށް ކައުންސިލުން ކޮށްމެ އަހަރަކުވެސް މިދަނީ ރައްޔިތުންނަށް އަންގަމުންނެވެ. އަދި މިކަމުގައި ގިނަ ފަރާތްތަކަކުން ކައުންސިލުން އެންގުމާއި އެއްގޮތަށް އަމަލުކުރަމުންދާކަންވެސް ފާހަގަ ކުރަމެވެ. އަދި މިހާރު ބައެއް މަގުތަކާއި ގޯޅިތައް ވަރަށް ބޮޑަށް ވިނަނޮޅައި ސާފުކުރަން ޖެހޭ ކަން ތިޔަ އެންމެ ރައްޔިތުންނަށް ވެސް ވާނީ ފާހަގަ ކުރެވިފައެވެ. އަދި ބައެއް މަގުތަކަކުގަ އާއި ގޯޅިތަކުގައި ހިނގާ ބިނގާވެ ދުއްވާ އެއްޗެހި ދުއްވުމަށް އުނދަގޫވާވަރަށް ގޭގޭގެ ބޭނުންކުރާ ބައެއް ތަކެތި ދާއިމީ ގޮތެއްގައި ބަހައްޓާފައި ހުންނަކަން ފަހާގަ ކުރެވެއެވެ. އަދި މިކަމަކީ ރަށުގެ ސާފުތާހިރުކަން ވަރަށް ބޮޑަށް ގެއްލޭނެ ކަމެކެވެ. އަދި ރަށް ސާފުކޮށް ބޭއްވުމަށް ކޮށްމެ ފަރުދަކުވެސް ފަރުދީ ޒިންމާ ނަގާ ކައުންސިލަށް ދޭންވާ އެއްބާރުލުން ދިނުމަކީ ރަށުގެ ޒީނަތްތެރިކަމާއި ސާފުތާހިރުކަމަށް ފަރުދެއްގެ ހައިސިއްޔަތު ކުރެވިދާނެ ވަރަށް ރަނގަޅު ކަމެކެވެ. އަދި ރަށުގެ މީހުން ގިނައިން ޖަމާވާނެ ތަންތަނާއި ރަށުގެ އަތިރިމަތި ތަކުގައި ޕްލާސްޓިކް ފަދަ ކުނި އެޅުމަށް ޑަސްބިން ވެސް ވާނީ ބަހައްޓާފައެވެ. އެހެންނަމަވެސް އަދިވެސް ރަށުގެ އެކި މަގުތަކާއި ޑަސްބިން ބަހައްޓާފައި ހުންނަ ތަންތަނުގެ ކައިރިންވެސް ޕްލާސްޓިކް ފުޅިއާއި ސުޕާރި ފުޅި ފަދަ ތަކެތި އުކާފައި ހުންނަކަން ވަރަށް ހިތާމައާއިއެކު ފާހަގަ ކުރަމެވެ.
ވީމާ، 2025 ޑިސެމްބަރ 10ގެ ނިޔަލަށް ރަށުގެ ހުރިހާ މަގުތަކާއި ގޯޅިތައް ވިނަ ނޮޅާއި މަގަށް އުނދަގޫވާވަރަށް ގަސްގަހުން އެލިފައި ހުންނަ އޮފިކަނޑާ ، މަގުމަތީ ބަހައްޓާފައި ހުންނަ ތަކެތި ނަގައި މަގުތައް ސާފުކުރުމަށް ރަށުގެ ހުރިހާ މުއައްސަސާތަކާއި ، މީހުން ދިރިއުޅޭ ގޭގެއާއި ، ފަޅުގެތަކާއި ، ދޫކުރެވިފައިވާ ގެވަޅުގެ ވެރިން ނަށް އަންގަމެވެ. އަދި ކައުންސިލްގެ އިލްތިމާސްއަކީ ހުރިހާ ރައްޔިތުންވެސް މިކަންކަމަށް ސަމާލުކަންދީ މި ފާހަގަ ކުރި ކަންތައްތައް އިސްލާހްކޮށް މިރަށަކީ ސާފުތާހިރު ރަށެއްގެ ގޮތުގައި ބޭއްވުމަށް ފަރުދީ ގޮތުން އެއްބާރުލުން ދިނުމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
