މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޯދަ ހަދިޔާއާއި ގުޅޭ
ނަންބަރު: (IUL)303-EDMS/303/2025/76
އެންގުން
1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޯދަ ހަދިޔާއާއި ގުޅޭ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރިޔާސީ ވަޢުދުފުޅުގެ ދަށުން، ދިވެހި ކޮންމެ ގޭބިސީއަކަށް ރޯދަ ހަދިޔާ ދެއްވުމަށް ނިންމަވާފައިވާތީ، އުނގޫފާރުގައި ދިވެހިން ދިރިއުޅޭ ގޭބިސީގެ ތަފްސީލު ނެގުމުގެ މަސައްކަތް މި ކައުންސިލުންވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މި އިއުލާނާއިއެކު އާންމުކޮށްފައިވާ ގޭބިސީތަކުގެ ލިސްޓަށް އެއްވެސް ޝަކުވާއެއް ވާނަމަ 2025 ނޮވެމްބަރ 25 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އަދި ގޭބިސީ ގޮތުގައި ބަލާނީ ވަކިން ކައްކާ ކައިބޮއެ ދިރިއުޅެމުންދާ ދިވެހި އާއިލާތައް ކަމުގައިވެސް ދަންނަވަމެވެ.
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާންކުރަމެވެ.
18 ނޮވެންބަރު 2025
ހޯދާ
