ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް، ހިންނަވަރުގައި ކުޑަކުދިންގެ ޕާކު އަދި، ސްކޭޓް ޕާކެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާން

ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް، ހިންނަވަރުގައި ކުޑަކުދިންގެ ޕާކު އަދި، ސްކޭޓް ޕާކެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

* ބިޑް ފޯމް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކަށް، ތިރީގައިވާ ގޮތުގެމަތިން ބިޑު ފޯމު ގަނެ ހުށަހެޅުއްވުން އެދެމެވެ. 

ތަފްޞީލް

މުއްދަތު

ގަޑި

ތަން

ބިޑު ފޯމް ވިއްކުން

(ބިޑްފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ  500.00ރުފިޔާއަށް)

 19 ނޮވެމްބަރ 2025 ވާ ބުދަ ދުވަހުން ފެށިގެން 25 ނޮވެމްބަރ 2025ވާ އަންގާރަ ދުވަހަށް

ރަސްމީ ކޮންމެ ދުވަހެއްގެ 09:00 ފެށިގެން 12:00އަށް

ހިންނަވަރު ކައުންސިލްގެ އިދާރާއިން

ޕްރީބިޑް މީޓިން  (ބިޑް/ ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމްވާނެއެވެ.(

 26 ނޮވެމްބަރ  2025,  ބުދަ ދުވަސް

ހެނދުނު 11:00 

ހިންނަވަރު ކައުންސިލްގެ އިދާރާ

ބިޑު ހުށަހެޅުން

( ޕްރޮޕޯސަލް ހުށަހެޅުން )

03 ޑިސެމްބަރ  2025، ބުދަ ދުވަސް

ހެނދުނު 11:00

ހިންނަވަރު ކައުންސިލްގެ އިދާރާ

v    

 

 

 

 

 

 

 

 

 

މި ބިޑް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅުއްވާނީ، ބިޑްފޯމް ބައްލަވައިގަތުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު  ޅ. ހިންނަވަރު ކައުންސިލްގެ އިދާރާއަށެވެ. ބިޑް ގަތުމަށް އެދޭ ފޯމު ހިންނަވަރު ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. އަދި މިއިޢުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 މި ބިމުގައި އަމިއްލަ ޚަރަދުގައި ވިޔަފާރިކޮށް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވަނީ، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށެވެ.

 ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ -/500ރ (ފަސްސަތޭކަ ރުފިޔާ)  އަށެވެ. ބިޑް ގަތުމަށް ޚަރަދުކުރާ ފައިސާއަކީ އަނބުރާދެވޭ ފައިސާއެއް ނޫނެވެ.

ބިޑް ފޯމް ގަތުމަށް އެދޭ ފޯމާއެކުގައި އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ.

  • ބިޑް ގަތުމަށް އެދޭ ފޯމު ސޮއިކުރުމަށްފަހު ހުށަހަޅަނީ، އެ ފޯމު މެދުވެރިކޮށް ގަންނަ ބިޑް ގައިވާ ގޮތުގެމަތިން ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްނޫން އެހެންފަރާތަކުން ކަމުގައިވާނަމަ، އޭނާ އެ ބިޑް ގަތުމަށާއި ބިޑް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތުން ހުއްދަކުރާކަމުގެ ޕަވަރ އޮފް އެޓަރނީއެއް އެ ފޯމާއެކު ހުށަހަޅަންވާނެއެވެ.
  • ބިޑް ފޯމް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ކުންފުންޏަކުން ކަމުގައިވާނަމަ، އެކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
  •  ބިޑް ފޯމް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ޕާރޓްނަރޝިޕްއަކުން ކަމުގައިވާނަމަ، އެ ޕާރޓްނަރޝިޕްގެ ރެޖިސްޓްރޭޝަން ސެޓްފިކެޓް ގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

 

  •      ބިޑް ހުށަހަޅަންޖެހޭނީ،  ބިޑު ފޯމްގައިވާ ގޮތުގެމަތިން ހުރިހާ މައުލޫމާތު ތަކެއް ފުރިހަމަކޮށް  ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި، 03 ޑިސެމްބަރ  2025 ވާ ބުދަ ދުވަހުގެ 11:00ށް ޅ. ހިންނަވަރު ކައުންސިލްގެ އިދާރާއަށެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

18 ނޮވެންބަރު 2025
ހޯދާ