ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮނޑޭ ރަންޔޫބިލް ވޮލީ މުބާރާތް ރާވައި ހިންގައި ދޭނެ ފަރާތެއް ހޯދުން


 
  1. ކޮނޑޭގައި ދެވަނަ ފަހަރަށް އާބާދުވިތާ 50 އަހަރު ފުރޭ މުނާސަބާ ފަހާގަ ކުރުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޮނޑޭ ރަންޔޫބީލް ވޮލީ މުބާރާތް 2026 ރާވައި ހިންގައި ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
  2. މި އިޢުލާނާއި ގުޅިގެން ޕްރޮޕޯސަލް ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށާއި، ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުލަބު ޖަމްއިއްޔާ ޖަމާޢަތްތަކަށެވެ.
  3. މި ޚިދުމަތް ދިނުމަށް ރަޖިސްޓްރީ ކުރެވޭނީ  17 ނޮވެމްބަރ 2025 އިން 20 ނޮވެމްބަރ 2025 ގެ 23:59 ގެ ނިޔަލަށް [email protected] އަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ހުށަހަޅައިގެންނެވެ. އަދި ޕްރޮޕޯސަލް ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  23 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 12:00 ގެ  ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް  މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. މިއިޢުލާނާއި ގުޅިގެން ބޭއްވޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 23 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 13:00 ގައި ކޮނޑޭ ކައުންސިލް އިދާރާގައެވެ.
  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ  24 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 13:00 ގައި ކޮނޑޭ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.
  7. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާ  / ގއ.ކޮނޑޭ، ދިވެހިރާއްޖެ.
  • ފޯން: 6820019/9662499
  • އީމެއިލް: [email protected]
17 ނޮވެންބަރު 2025
ހޯދާ