ބުރުނީ ސްކޫލް
ދިވެހިރާއްޖެ
2026ވަނަ އަހަރު ބުރުނީ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

ބީލަން ހުށައެޅުމުގެ ދަޢުވަތު

ނަންބަރު: GS-176/IUL-B/2025/02

2026 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

01 ޖެނުއަރީ 2026 އިން ފެށިގެން 31 ޑިސެމްބަރު 2026 ގެ ނިޔަލަށް ތ. ބުރުނީ ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

 މިކަމާއި ގުޅޭ އެންމެހައި މައުލޫމާތު ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

  1. މި ބީލަމުގައި ބައިވެރިވުމަށް ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކްނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
  2. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން، މިއަދުން ފެށިގެން 2025 ނޮވެމްބަރު 25 ވާ އަންގާރަ ދުވަހުގެ 14:00ގެ ނިޔަލަށް ބުރުނީ ސްކޫލްގެ  [email protected]އީމެއިލް އެޑްރެސްއަށް މެއިލްކުރައްވައިގެން ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  3. މި ބީލަމާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2025 ނޮވެމްބަރު 26 ވާ ބުދަ ދުވަހުގެ 13:00 ގައި މި ސްކޫލްގެ މީޓިންގ ހޯލްގައެވެ.
  4. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 2025 ނޮވެމްބަރު 26 ވަނަ ދުވަހުގެ 14:00ގެ ކުރިން މި އިޢުލާންގެ 6 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ނުވަތަ ސިޓީއަކުން މިސްކޫލަށް ފޮނުއްވުންއެދެމެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ނޮވެމްބަރު 27 ވަނަ ދުވަހުގެ 13:00 ގައި ބުރުނީ ސްކޫލްގެ މީޓިންގ ހޯލްގައެވެ.
  6. މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  7. މި ބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ބުރުނީ ސްކޫލް

ޣާޒީ މަގު، ތ.ބުރުނި، ދިވެހިރާއްޖެ

ފޯން: 6780025

އީ-މެއިލް: [email protected]

17 ނޮވެންބަރު 2025
ހޯދާ