ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ވޯލް އަދި ޑެސްކް ކަލަންޑަރ ޕްރިންޓްކޮށްދޭނެ ފަރާތެއްހޯދުން

 އިޢުލާން

ތާރީޚް:

17 ނޮވެންބަރު 2025

ނަންބަރު:

(IUL)401-E/401/2025/64

26 ޖުމާދުލްއޫލާ 1446

އިޢުލާނުގެ ވަނަ:

1

2026 ވަނަ އަހަރުގެ ވޯލް އަދި ޑެސްކް ކަލަންޑަރ ޕްރިންޓްކޮށްދޭނެ ފަރާތެއްހޯދުން

 

މި ކައުންސިލަށް 2026 ވަނަ އަހަރުގެ ވޯލް އަދި ޑެސްކް ކަލަންޑަރ ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މި  މިތަކެތި ޕްރިންޓް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

  • ބިޑް ޑޮކިއުމެންޓް ގަތުމަށް ދައްކަން ޖެހޭ ފައިސާގެ ޢަދަދަކީ -/150ރ އެވެ.
  • ބީލަމުގައި ރަޖިސްޓްރީ ވުމަށްޓަކައި 24 ނޮވެންބަރު 2025 (ހޯމަ) ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ ގޫގްލް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ.
  • ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް: https://forms.gle/P5bxvBWL7FkqQhBo9

 

މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން:

  • މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
  • ބީލަމާ ބެހޭ ގޮތުން ތައްޔާރު ކޮށްފައިވާ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މި ކައުންސިލްގެ ވެބްސައިޓުން www.fonadhoo.gov.mv އިން ލިބެން ހުންނާނެއެވެ.
  • އިތުރު މަޢުލޫމާތު admin@fonadhoo.gov.mv އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

  • ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 02 ޑިސެންބަރު 2025 (އަންގާރަ) ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
  • ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 02 ޑިސެންބަރު 2025 (އަންގާރަ) ދުވަހުގެ 13:30ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.

 

 

 

 

 

 

 

17 ނޮވެންބަރު 2025
ހޯދާ