ދިވެހިރާއްޖެ
އިޢުލާން
ބާވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުން.
މިކޯޓުގައި ހުރި ބާވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔަން ބޭނުންވެއެވެ. ނީލަމުގެ ތަފްސީލް ތިރީގައި މިވަނީއެވެ.
- ނީލަން ކިޔަން ހަމަޖެހިފައިވާ ތަން: ގއ.ކޮލަމާފުށީ މެޖިސްޓްރޭޓު ކޯޓުގެ ގޯތިތެރޭގައި
- ނީލަން ކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 28 ނޮވެމްބަރ 2025 ވާ ހުކުރު ދުވަހުގެ 16:30 ގައި
- ނީލަން ކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަން
- މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރު: 6820772
ތަކެތި ނީލަން ކިޔުމަށް ކަނޑައެޅިފައިވަނީ، ލޮޓްތަކަކަށް ބަހާލައިގެންނެވެ. ލޮޓުތަކަށް ދެވިފައިވާ އަގުތަކާއި، ލޮޓުތައް ބަހާލެވިފައިވާގޮތާއި، ލޮޓުތަކުގެ ނީލަން ފެށޭ އަގު އަދި ނީލަން ފެށޭ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު މިއިޢުލާނާއެކު ހިމެނިފައިވާނެއެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން ނީލަން އޮންނަ ދުވަހުގެ 22:00ގެ ކުރިން "ބަނޑޭރި ޕޭ" މެދުވެރިކޮށް ފައިސާ ދެއްކުމަށްފަހު 29 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 12:00ގެ ކުރިން ތަކެތި ގެންދަން ވާނެއެވެ.
ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކޮޕީއެއް ގެންނަށްވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
