މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަދި ތަކެތި ފޯރުކޮށްދިނުމުން އަތޮޅު ކައުންސިލްގެ އަހަރީ ޙަފްލާ 2025 ހޯލު ތައްޔާރުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ކޯޓޭޝަން ހުށައެޅުމުގެ ދަޢުވަތު

  1. މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަދި ތަކެތި ފޯރުކޮށްދިނުމުން އަތޮޅު ކައުންސިލްގެ އަހަރީ ޙަފްލާ 2025 ހޯލު ތައްޔާރުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް  ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ކޯޓޭޝަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިދާރާގެ ވެބްސައިޓުން (shaviyani.gov.mv)  2025 ނޮވެމްބަރ 18އިން ފޭށިގެން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
  3. މި މަސައްކަތާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.
  4. ކޯޓޭޝަން ހުށައެޅުން އޮންނާނީ  ‏2025‏ ނޮވެމްބަރ‏ 19ވާ ބުދަ ދުވަހުގެ ހެނދުނު 10:30ގައި މިއިދާރާގައެވެ. އީމެއިލް އަދި ފެކްސް މެދުވެރިކޮށް ހުށައެޅޭ ކޯޓޭޝަންތަކާއި ކަނޑައެޅިފައިވާ ތާރީޚާއި ގަޑީގެ ކުރިން ހުށައެޅޭ ކޯޓޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.
  5. ހުށައަޅާ ކޯޓޭޝަންތައް ވަޒަންކުރާނޭ މިންގަނޑާއި، ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.

ފޯން:       6540400، 6540427

އީމެއިލް:     [email protected]

ކޮޕީ:        [email protected] [email protected]

 

 

‏17‏ ނޮވެމްބަރ‏ 2025

 

17 ނޮވެންބަރު 2025
ހޯދާ